ދާންދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން (ވަގުތީ)

ނަންބަރ: GS-199/IUL- 2018/16

ވަޒީފާގެ ފުރުސަތު

މުވައްޒަފަކު ބޭނުންވެއްޖެ

މަޤާމް

އެސިސްޓެންޓް ލައިބްރޭރިއަން (ވަގުތީ)

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭ އޮފީސް

ދާންދޫ ސްކޫލް

އަތޮޅާއި ރަށް

ގއ.ދާންދޫ

މަޤާމުގެ ބާވަތް

ވަގުތީ

ރޭންކް:

ޖީ. އެސް 4

މުސާރަ

-/5020

ސަރވިސް އެލަވަންސް:

-/1500

ސެކްޝަން

ދާންދޫ ސްކޫލް އެކަޑަމިކް ސެކްޝަން

 

 

 

 

 

 

 

 

 

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. ލައިބްރަރީގެ "ރޫލްސް" ތައްޔާރުކޮށް ދަރިވަރުންނާއި ޓީޗަރުން އަދި ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފެންނާނެހެން ބަހައްޓައި، އެއައް އަހުލުވެރިކުރުވުމާއި، ލައިބްރަރީ އިން ފޮތްދޫކޮށް ބަލައިގަތުމާއި، އޭގެ ރެކޯރޑް ދުވަހުން ދުވަހަށް ބެލެހެއްޓުން.

 

  1. ސްކޫލްގަ ކިޔެވުން އޮންނަ ދުވަސްތަކުގައި ލައިބްރަރީ ހުޅުވާފައި ބެހެއްޓުމާއި، ސްކޫލުން ޙަވާލުކުރާ ޝެޑިއުލާއި އެއްގޮތަށް ލައިބްރަރީ ކްލާސްތައް ނެގުމުގައި ޓީޗަރުންނަށް އެހީތެރިވެ އެކަމަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުން.

 

  1. ލައިބްރަރީ ފޮތްތަކުގައި ބޭރުގަނޑު ލައި، ތަރުތީބުނަމްބަރާއި ތައްގަނޑުޖަހައި، ލޭބަލްކޮށް ލައިބްރަރީ ފޮތްތައް ގްރޫޕްކޮށް ފިކްޝަން، ނޮންފިކްޝަން އަދި ރިފަރެންސް ފޮތްތައް އެނގޭނެހެން އަތުރައި ތަރުތީބުކޮށް ބެލެހެއްޓުމާއި، ލައިބްރަރީއިން ފޮތް ދޫކޮށް ބަލައިގަންނާނެ އުޞޫލެއް ތައްޔާރުކޮށް، އެއާ އެއްގޮތަށް ދަރިވަރުންނާއި، ޓީޗަރުންނަށް ލައިބްރަރީގެ ޚިދުމަތް ދިނުން އިންތިޒާމްކުރުން

 

  1. ލައިބްރަރީ އަކީ ތަރުތީބު އަދި ސާފުތާހިރު ތަނަކަށް ހެދުމާއި، ކޮންމެ ދުވަހަކު ލައިބްރަރީ ފޮތްތައް ތަރުތީބުކުރުމާއި މަސައްކަތުމީހުންގެ އެހީތެރިކަމާއި އެކު ލައިބްރަރީގެ ފޮތްހަރުގަނޑުތަކާއި، ތަޅުންގަނޑުގައި ފެންފޮތިލައި، ދޮރުތަކާއި ދޮރުފަތްތައް  ފޮޅާ ސާފުކޮށް ބެލެހެއްޓުން

 

  1. ދަރިވަރުންގެ މެދުގައި ފޮތްކިޔުމަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި ދަރިވަރުން ފޮތްކިޔަން އަޙުލުވެރިކުރުވުމަށްޓަކައި، އެކަޑަމިކް ސްޓާފުންނާއި ގުޅިގެން ރީޑިންގ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ އެންމެ ފަހުގެ ފޮތްތައް (ދަރިވަރުންގެ ކިޔެވުމާއި ގުޅުންހުރި އެކިލެވެލްތަކުގެ ފޮތްތަކާއި ރިފަރެންސް ފޮތްތައް) ދެނެގަނެ، އެ ފޮތްތައް މެނޭޖަންޓަށް ހުށަހަޅައިގެން ހޯދުން

 

  1. ޒަމާނީ މިންގަނޑުތަކަށް ލައިބްރަރީގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާއި ސްކޫލުގެ ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދާ ފޮތްތަކާއި ތަކެތި ބަލައިގަނެ، އެންޓްރިކޮށް އިންވެންޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން

 

  1. ދުވަހުން ދުވަހަށް ހިންގޭ ލައިބްރަރީ ހަރަކާތްތަކާއި ދުވަހުން ދުވަހަށް ލައިބްރަރީ ބޭނުންކުރެވޭ ގޮތުގެ ޔައުމިއްޔާލިޔެ، ލައިބްރަރީ ރިޕޯރޓް ތައްޔާރުކޮށް ކޮންމެ ޓާރމަކު އެއްފަހަރު ސްކޫލުގެ އިސްވެރިޔާއަށް ހުށަހެޅުން

 

  1.  ކޮންމެ ދިރާސީ އަހަރަކަށް ދަރިވަރުންނަށް ހޯދާ ޓެކްސްޓް ފޮތްތައް ބަލައިގަނެ، ފޮތް ދޫކުރާ ކޮމެޓީގެ ބެއްލެވުމުގެ ދަށުން ދަރިވަރުންނަށް ފޮތްދޫކުރުމާއި، ދިރާސީ އަހަރު ނިމުމުން އެ ފޮތްތައް އަނބުރާ އަތުލައި ރެކޯރޑްކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން އަދި ޓީޗަރުންނަށް ބޭނުންވާނެ ޓެކްސްޓް ފޮތަތަކާއި،ރިފަރެންސް ފޮތްތައް ކޮންމެ އަހަރެއް ފެށޭއިރު ދޫކުރުމާއި،  އަހަރުނިމުމުން އެ ފޮތްތައް އަނބުރާހޯދުން

 

  1. ސްކޫލުގައި ބާއްވާ އެކިބައްދަލުވުންތަކާއި، ފާހަގަކުރާ އެކި މުނާސަބަތުތަކަށާއި ލިސްނިންގ ކްލާސްތަކަށާއި ލިސްނިންގް ޓެސްޓްތަކަށް ބޭނުންވާނެ ސައުންޑްހެދުމާ،އެފަދަ ކަންތައް ބާއްވާނެ ތަންތަން ތައްޔާރުކުރުމަށް ބޭނުންވާނެ އިންތިޒާމުތައް ކުރުން އަދި   އެސެމްބްލީގަޑީގައި ސައުންޑާއި ސްކޫލް ލަވަ އަދި ބެލް ޖެހޭނެ އިންތިޒާމް ހަމަޖެއްސުން

 

  1. 10.  ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ދިމާވާ ކުއްލި ކަންތައްތަކުގައި ބައިވެރިވުމާއި، ތިމާއަށް ލިބިފައިވާ އެކިހުނަރުތަކުގެ ބޭނުން ސްކޫލަށްޖެހިއްޖެ ހިނދެއްގައި އެކަމެއްގައި ސްކޫލަށް އެހީތެރިކަންދީ، ސްކޫލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން

 

ޝަރުތު:                                

  1. މަޤާމުގެމަސައްކަތާގުޅޭދާއިރާއަކުންދިވެހިރާއްޖޭގެޤައުމީސަނަދުތަކުގެއޮނިގަނޑުގެލެވެލް 4 ގެސަނަދެއްހާޞިލްކޮށްފައިވުން.

ނުވަތަ

 

  1. މަތީސާނަވީ އިމްތިޙާނަކުން 2  މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މިދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ބަލަހައްޓަންޖެހޭ ގްރޭޑާއި ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް
  • ސިވިލްސާރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅުން އެމުވައްޒަފް މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އަޚްލާގް ހުރިގޮތް ބަޔާންކޮށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ " މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރި ގޮތް ބަޔާންކުރާ ފޯމް" ހުށަހަޅުއްވާ މުވައްޒަފުންނަށް ވަޒީފާޔަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.   

އިންޓަރވިއު ކުރުން:

    މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 ޖުލައި 2018 ވާ ބުރާސްފަތި ދުވަހު ދާންދޫ ސްކޫލް އޮފީހު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚަށް އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ހުށަހަޅަންޖެހޭތަކެތި:

  • ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭފޯރމް މިސްކޫލުގެ އިދާރާއިން ނުވަތަ (މިފޯރމް ސިވިލްސާވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ( އެކުރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު )
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީއެއް
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުން ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީގެ އަސްލު
  • ވަޒީފާއަށްއެދި ހުށަހަޅާ ފަރާތަކީ މިހާރު ވަޒީފާއެއްގައި ހުރި ފަރާތެއްނަމަ މިހާރު ވަޒީފާ އަދާކުރާ ފަރާތުން ދޫކުރާނެ ކަމުގެ ލިޔުން
  • ސަރުކާރަށް ނުވަތަ ސިވިލްސާރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް، މިވަޒީފާއަށް ހޮވިއްޖެނަމަ މިވަޒީފާއަށް ބަދަލުވުމާއިމެދު، ކަމާއިބެހޭފަރާތުގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން
  • ވަޒީފާޔަށް އެދޭފަރާތުގެ ވަނަވަރު ( ކަރިކިއުލަމް ވިޓާ)
  • ·        އިތުރު މަޢުލޫމާތު ސާފުކުރުމަށް މިސްކޫލުގެ ފޯން ނަންބަރު 7983075 އާއި ގުޅުއްވުން އެދެމެވެ.

ސުންގަޑި:

މިމަޤާމަށް ޝަރުތު ހަމަވާ ބޭފުޅުން މަޤާމަށްއެދޭ ސިޓީއާއިއެކު 11 ޖުލައި 2018 ވާ ބުދަ ދުވަހުގެ 12:00 ގެކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ދާންދޫސްކޫލަށް ހުށަހެޅުއްވުންއެދެމެވެ. އީ މެއިލުން ނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

                                      20 ޝައްވާލް 1439

                                             04 ޖުލައި 2018

04 ޖުލައި 2018
ހޯދާ