މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ފާރަގެމަ ހިންގާ އިމާރާތުގެ ޖާގަ ބޮޑުކުރުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގެ ފަރާތުން މި ސަރވިސްއަށް ދީފައިވާ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފާރަގެމަ ހިންގާ އިމާރާތުގެ ޖާގަ ބޮޑުކުރުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގެ ފަރާތުން މި ސަރވިސްއަށް ދީފައިވާ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މި ސަރވިސްގެ ނަމްބަރ 171-G1(b)/IUL/2018/005 އިޢުލާނާއި ގުޅިގެން ބިޑު ކާމިޔާބު ކުރި ފަރާތުން މަސައްކަތް ދޫކޮށްލާފައިވާތީ،  އެ އިޢުލާން ބާތިލްކުރުމަށްފަހު، އަލުން އެފުރުޞަތު ޝަޢުޤުވެރިވެލައްވާ ހުރިހާފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 ޖުލައި 01 ވާ އާދީއްތަ ދުވަހުން ފެށިގެން 2018 ޖުލައި 04 ވާ ބުދަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް  އެންޑް އެސެޓް މެނޭޖްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 200.00ރ (ދުއިސައްތަ)  ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 ޖުލައި 05 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޖުލައި 04 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

ބީލަން ހުޅުވުން އޮންނާނީ 2018 ޖުލައި 11 ވާ ބުދަ ދުވަހުގެ 11:00 ފައިނޭންސް  އެންޑް އެސެޓް މެނޭޖްމަންޓްގައެވެ. ބީލަންތައް ހުންނަށްވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

27 ޖޫން 2018
ހޯދާ