މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މެއިންޓެނެންސް އޮފިސަރ

އިޢުލާނު

  

މަޤާމް:

މެއިންޓެނެންސް އޮފިސަރ

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ މުއްދަތު:

1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޮލިޓެކްނިކް

މުސާރަ:

4،465 ރުފިޔާ

ސަރވިސް އެލަވަންސް:

1،500 ރުފިޔާ

އެހެނިހެން އެލަވަންސް:

1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ.

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހުރިހާ ކްލާސްރޫމްތަކާއި ލެބޯޓްރީތަކާއި ވާރކްޝޮޕްތަކާއި އޮޑިޓޯރިއަމް އަދި މީޓިންގ ރޫމްތަކާއި އަދި އޮފީސްތަކުގައި ދިމާވާ މެއިންޓަނަންސް މަސައްކަތް ޤަވާއިދުން ބެލެހެއްޓުން.
    1. ފާޚާނާތަކުގައި ފެންވަޔަރިންގ އާއި ޓޭންކް ތަކާއި އިސްކުރު އަދި ފިޓިންގްސްތަކަށް ދިމާވާ މައްސަލަތައް ވަގުތުން ހައްލުކޮށް އާންމުކޮށް ހިފާ ގެންގުޅޭ ތަކެތި ފަދަ މަސައްކަތްތައް މެއިންޓެއިންކޮށް ބެލެހެއްޓުމާއި،ޢިމާރާތުގެ ދިއްލުންތައް އަނދާ ހޮޅިބުރިތަކާއި ޗޯކް ސްޓާޓަރ ފަދަ ތަކެތި ބަދަލުކުރުން.
    2. ޢިމާރާތް ސާފުކޮށް ބެލެހެއްޓުމުގައި ފާރުތަކުގައި ހަޑިވާތަންތަން ކުލަލާ ބެލެހެއްޓުމާއި، މަގުމަތީ ފާރުތަކުގައާއި ގޭޓްތަކާއި ލައިޓްޕޯސްޓް ތަކުގައި ހަޑިވާތަންތަން ދަވާދުލާ ކުލަލާ ބެލެހެއްޓުން.
    3. ޢިމާރާތުގައި ކޮންޓްރެކްޓް އުޞޫލުން ކުރެވޭ މަސައްކަތް ޤަވާއިދުން ބަލަހައްޓާ އެފަރާތްތަކަށް އޮފީހުން ދޭންޖެހޭ ޚިދުމަތް ދިނުން.
    4. ސެކްޝަންތަކަށާއި އޮފީހަށް ބޭނުންވާ ކޮންޒިއުމަބަލް އައިޓަމްތަކުގެ ތެރެއިން ޖެނެރަލް ސްޓޯރ ގައި ބެހެއްޓޭ ތަކެތި އޯޑަރުކުރުމުގައި އެހީތެރިވެދިނުން.
    5. މޯލްޑިވްސް ޕޮލިޓެކްނިކް އަދި ކެމްޕަސްތަކަށް ކުއްލިގޮތަށް ހޯދަންޖެހޭ ބައެއް ތަކެތި ހޯދާ ފޮނުވުމުގައި މަސައްކަތް ކުރުމާއި، ޖެނެރަލް ސްޓޯރ ގައި ހުންނަ ތަކެތި އަނބުރާ ދައްކާގޮތަށް ސެކްޝަން ތަކަށާއި އޮފީހުން ދޫކޮށް ތަކެތި އަނބުރާ ބަލައިގަތުން.
    6. މޯލްޑިވްސް ޕޮލިޓެކްނިކްގައި ހުންނަ 2 ސްޓޯރގައި ހުންނަ ޓޫލްސް އާއި އިކްވިޕްމަންޓް ބަހައްޓަންޖެހޭ ސްޓޯރުތަކުގައި ހުންނަ ރެކްތަކުގައި ތަރުތީބުން އަތުރާ ބެލެހެއްޓުން.
    7. ސްޓޯރ ކުރެވޭ ތަކެތީގެ ތެރެއިން ދަބަރުޖަހާ ތަކެތީގެ ދަބަރު ފިލުވާ ތެޔޮ ނުވަތަ ގިރިސްލައިގެން އެތަކެތި މަރާމާތުކުރުމާއި، ޖެނެރަލް ސްޓޯރުގައި ބެހެއްޓޭ ތަކެތީގެ ތެރެއިން ގިނަދުވަސްވެ ހަލާކުވެ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަމަށް ފޮނުވުން.
    8. ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ކޮންސްޓްރަކްޝަން/އިލެކްޓްރިކަލް އެންޑް ކޮމްޕިއުޓަރ އިންޖިނިއަރިންގ/މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ'  ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ  ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމީ ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން      ސެޓްފިކެޓްތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާސިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލްކަން ކަށްވަރުކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސްއިން.

ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާ ތަކެތި ހުށަހަޅާނީ 5 ޖުލައި 2018 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް    މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

އިންޓަވިއު

 އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 8 ޖުލައި 2018 އާއި 12 ޖުލައި 2018 އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

  

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305413 / 3305415 އަށެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

26 ޖޫން 2018
ހޯދާ