މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޖިޓަލް ސެކިއުރިޓީ ސިސްޓަމް ޤާއިމުކުރުމަށް

އިޢުލާން

 

              މި ކައުންސިލް އިދާރާއާއި ކައުންސިލްގެ އިދާރާގެ ގޯތީގައި ޑިޖިޓަލް ސެކިއުރިޓީ ސިސްޓަމް ޤާއިމުކުރުމަށް ބޭނުންވެއްޖެއެވެ.

              ވީމާ، މި މަސައްކަތް އަމިއްލަ ޚަރަދުގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން

މި އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި  މިއިދާރާއަށް މެއިލުން ނުވަތަ 

ބަންދުކުރި ސިޓީއުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.

މަޢުލޫމާތު ސާފުނުކުރަށްވާ ފަރާތެއްގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

              މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ : 7612483 ނުވަތަ 7777215 އާއިއެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

 

11  ޝައްވާލް  1439

25 ޖޫން 2018
ހޯދާ