މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑްރައިވަރ (ބަސް)
ބޭނުންވާ އަދަދު :2

ނޯޓް:

މި ކުންފުނީގެ ފަރާތުން ސަދަން ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ދިނުމުގެ މަސައްކަތަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއެވެ.

 

މުސާރަ:

މަހަކު -/4980 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3984 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

4000ރ – 5000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- BO ނުވަތަ B2 ލައިސަންސް ލިބިފައިވުން. 

ނުވަތަ

ވޭން/ބަސް ދުއްވުމުގެ ލައިސަންސް އޮތުމާއި އެކު ދުއްވުމުގެ ތަޖުރިބާހުރި ފަރާތަކަށްވުން.

- ޝިފްޓް އުޞޫލުން މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ސަދަން ޓްރާންސްޕޯޓް ލިންކްގެ ބަސް ސުޕަވައިޒަރާއި ހުންނަވާ މެނޭޖަރުގެ ލަފައާއި އިރުޝާދާއި އެކު  ދިވެހި ރާއްޖޭގެ އެއްގަމުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުތަކުގެ ކަންތައް ކުރުން.

މަޤާމް :ބަސް އެޓެންޑެންޓް
ބޭނުންވާ އަދަދު :4

މުސާރަ:

މަހަކު -/3970 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3176 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،000ރ - 4،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-  ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިވުން. 

- ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

- މަސައްކަތުގައި ގިނަވަގުތު އުޅެވޭ މީހަކަށްވުން.

- އަދި އިދާރީ މަސައްކަތްތަށް ކުރަން އެގުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ބަހުގެ ޚިދުމަތަށް ނަގަންޖެހޭ ފައިސާ ނެގުމުގެ މަސައްކަތާއި ބަސްތައް ސާފުކުރުން.

- ބަހަށް އަރުވާ މުދާ/ލަގެޖް އަރުވާ ބޭލުން، އަދި ފަސިންޖަރުން އަރުވާ ބޭލުމުގައި އެހީތެރިވެ ދިނުން.

- ބަސް ދަތުރު ނިންމާފައި ކޮންމެ ދުވަހަކުވެސް ބަސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

- އަދި ބަހުގައި އިތުރު މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުން.

މަޤާމް :ޓެކްނީޝަން
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،000ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-  މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އިން ހިންގާ ސެޓްފިކެޓް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް ނުވަތަ ފްލުއިޑް ޕަވާރ ނުވަތަ މަސައްކަތާއި ގުޅޭ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ 

މަސައްކަތާއި ގުޅޭ  ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

މެރިން ވޯރކްޝޮޕުން ހިންގާ އުޅަނދު ފަހަރު މެއިންޓެނަންސް އަދި ރިޕެއަރ ކުރުމުގެ މަސައްކަތް ކުރުން.

މަރާމާތު ކުރުމަށް ބޭނުންވާ އުޅަނދުތަކަށް ބޭނުންވާ ތަކެތި އިންޖިނިއަރުންނާއި ގުޅައިގެން ހޯދaއި އުޅަނދުފަހަރު މަރާމާތްކުރުމަށް ބޭނުންވާ ޓޫލްސް އަދި ޕާޓްސް ރަނގަޅު ގޮތުގައި ބޭނުންކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 ރީޖަނަލް ޓްރާންސްޕޯޓް ޑިޕާޓްމަންޓް (ސަދަން ޓްރާންސްޕޯޓް ލިންކް) / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2018 ޖޫން 28 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

- ޕޮލިސް ރިކޯޑް ފޯރމް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރުމަޢުލޫމާތު:3329339 ފެކްސް: 3325293  

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
22 ޖޫން 2018
ހޯދާ