މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސެކިޔުރިޓީ ގާރޑް
ބޭނުންވާ އަދަދު :10

މުސާރަ:

މަހަކު -/4،090 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3،272ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،000ރ - 3،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-  ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން އަދި

- މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

މާލޭގެ ވިޔަފާރި ބަނދަރުގެ ގުދަންތަކާއި ޢިމާރާތްތަކާއި ކީވޯލްތައް އަދި އިކުއިޕްމެންޓްތަކަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއްކުރޭތޯ ނުވަތަ ހިނގާފާނެތޯ ބެލުމާއި އެފަދަކަމެއް ބަޔަކުކުރާނަމަ ނުވަތަ އެފަދަ ކަންކަން ހުއްޓުމަށް މަސައްކަތްކުރުމާއިއެކު ސެކިއުރިޓީ އިސް އޮފިސަރަށް އެންގުން. 

މާލޭގެ ވިޔަފާރި ބަނދަރުގެ ސަރަޙައްދަށް ޤަވާއިދާއި ޚިލާފަށް ވަންނަ މީހުންނާއި، ވެހިކަލް ވަދެ ނުކުމެ ހަދާތޯ ބެލުމާއި އެފަދަ ކަމެއްކުރާނަމަ އެކަމެއް މަނާކޮށް ކަންކުރަން އޮންނަގޮތް އޮޅުންފިލުވައި ދިނުމާއި ނުކިޔަމަންވާ ފަރާތްތައް ސެކިއުރިޓީ އިސް އޮފިސަރަށް އެންގުން.

މަސައްކަތް ފެށޭ ގަޑިތަކުގައި ގުދަން އަދި ވަންނަގޭޓާއި ނުކުންނަ ގޭޓް ހުޅުވާ އަދި މަސައްކަތް ނިމޭ ގަޑިތަކުގައި ލެއްޕުން

މުދާ ކްލިއަރކުރުމުގެ މަސައްކަތަށް ވަންނަ އުޅަނދުފަހަރުގެ ކީވޯލް ފޯމް ދޫކުރުމާއި ހަމަޖެހިފައިވާ ޤަވާއިދާއި އެއްގޮތަށް އެއުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުމާއި މަސައްކަތް ނިންމުން.

އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ބަޔަކު ނަމަވެސް ބަނދަރުތެރެއާއި ބަނދަރުގެ ފަޅުތެރެ ހަޑިވާފަދަ އެއްވެސް އެއްޗެއް އަޅާތޯ ބެލުމާއި އެފަދަކަމެއް ކުރާނަމަ އެކަން ހުއްޓުވުމާއިއެކު އެފަދަ ފަރާތްތަކުގެ މައްސަލަ ނޯޓްކޮށް ޑިއުޓީ ސުޕަވައިޒަރަށް ރިޕޯޓްކުރުން.

ގަޑިއަކު އެއްފަހަރު ބަނދަރުތެރެ ޕެޓްރޯލްކޮށް ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއްހިންގާނަމަ އެފަދަ ކަންތައްތައް ހުއްޓުވައި އެކަން ޑިއުޓީ ސުޕަވައިޒަރަށް ރިޕޯޓްކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 ޕޯޓް ސެކިޔުރިޓީ ޑިޕާޓްމަންޓް

ސުންގަޑި:

2018 ޖޫން 28 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

- ޕޮލިސް ރިކޯޑް ފޯރމް 

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339ފެކްސް: 3325293 

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
22 ޖޫން 2018
ހޯދާ