ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ލޮލުގެ ފެނުމުން މަޙުރޫމު ވެފައިވާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ދިވެހިބަހުން ލިޔަން ކިޔަން ދަސްކޮށްދޭ ތާނަ ބްރައިލް، ތަޢާރަފު ކުރުމުގެ ކުރުމުއްދަތުގެ ކޯސް

`

 

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

    ދިވެހިރާއްޖެ

 

                                  ނަންބަރު:(IUL)430-DBA-B/1/2018/14

 

އިޢުލާނު

 

ލޮލުގެ ފެނުމުން މަޙުރޫމު ވެފައިވާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ދިވެހިބަހުން ލިޔަން ކިޔަން ދަސްކޮށްދޭ ތާނަ ބްރައިލް، ތަޢާރަފު ކުރުމުގެ ކުރުމުއްދަތުގެ ކޯސް

 ލޮލުގެ ފެނުމުން މަޙުރޫމު ވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ދިވެހިބަހުން ލިޔަން ކިޔަން ދަސްކޮށްދޭ ތާނަ ބްރައިލް، ތަޢާރަފު ކުރުމަށްޓަކައި ކުރުމުއްދަތުގެ ކޯހެއް ހިންގަން މި އެކެޑަމީން ވަނީ ނިންމައިފައެވެ. މި ކޯހުގެ މުއްދަތަކީ އެއް މަސްދުވަހެވެ. ވީމާ މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން  މި ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ޖުލައި މަހުގެ 9 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ.

 ބޭނުންވާ އަދަދު: 15

މި ކޯހުގައި ބައިވެރިވާން އެދޭ ފޯމު މި އެކެޑަމީގެ އިސްތިގުބާލުންނާއި ވެބްސައިޓް

www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ހޯދަން އެދޭ ނަމަ ، މި އެކެޑަމީގެ ފޯނު ނަންބަރު 3028000،3330585 އާ ގުޅުން އެދެމެވެ.

21 ޖޫން 2018
ހޯދާ