ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓަންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އާރޓްސް

ގްރޭޑް:

06

ސްޕައިން ޕޮއިންޓް:

32

މުސާރަ:

މަހަކު 9,124.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން ލެވެލް 7/8 ގެ ސެޓްފިކެޓަކަށްފަހު މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން ލެވެލް 5/6 ގެ ސެޓްފިކެޓަކަށްފަހު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ  ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އިދާރީ މުވައްޒަފުންނާގުޅޭ މަސައްކަތްތައް ރާވާ ހިންގުން
  • މުވައްޒަފުންގެ ހާޒިރީ އާއި އިތުރުގަޑި ހާޒިރީ ބެލެހެއްޓުމުގެ ކަންތައްތައް ސުޕަވައިޒްކުރުމާއި ހާޒިރީ އާ އިތުރުގަޑިއާއި ގުޅޭގޮތުން މުވައްޒަފުންނަށް ދިމާވާ މައްސަލަތައް އެމް.އެން.ޔޫގެ އެޗް.އާރާ ކޯޑިނޭޓްކޮށްގެން ހައްލުކުރުން.
  • ޕާރޓްޓައިމް މުދައްރިސުންގެ ޕޭޝީޓްތައް ތައްޔާރުކޮށް ފޮނުވުމުގެ ކަންތައްތައް ބެލެހެއްޓުން.
  • ފެކަލްޓީގެ އެކިއެކި ބައްދަލުވުންތައް އިންތިޒާމް ކުރުމާއި އެބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން ފަދަ ކަންތައްތައް ބެލެހެއްޓުން.
  • އިދާރީ މުވައްޒަފުންގެ މަސައްކަތް ބަލައި ސުޕަވައިޒްކޮށް އެމުވައްޒަފުންގެ މަސައްކަތަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  • މުވައްޒަފުންނާއި އިދާރީ ކަންކަމާ ގުޅޭގޮތުން މަރުކަޒީ އިދާރާއާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ހަމަޖެއްސުން.
  • ފެކަލްޓީގެ ދުވަހީ ޔައުމިއްޔާ އާއި އެންޓްރީ ބެލެހެއްޓުން އަދި ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ފޮނުވުމުގެ ކަންތައް އިންތިޒާމުކުރުން.
  • ފެކަލްޓީގެ އިދާރީ ފޮތްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި އަދި އިދާރީ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ފެކަލްޓީގެ ސްޓޮކް އަދި އިންވެންޓްރީގެ މަސައްކަތް ބެލެހެއްޓުން.
  • މުވައްޒަފުން ތަމްރީނުކުރުމުގެ ކަންތައްތަކުގައި އެހީތެރިވުން.
  • ފެކަލްޓީ ހުޅުވުމުގެ ހަފްތާ ތާވަލްތައް ހެދުމާއި އޮފީސް ހުޅުވުޅުވުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ފެކަލްޓީގެ އޮފީސްތަކާއި ކިލާސްތަކާއި އެހެން ބައިތަކާއި ފާޚާނާތައް ސާފުކުރުމުގެ ތާވާލުތައް ހަދައި އެގޮތަށް އެކަންކުރޭތޯ ބެލުން.
  • ކިޔަވައިދިނުމަށް ބޭނުންވާ ކުލާސްރޫމުތައް ހޯދައި ހަމަޖެއްސުމާއި ކިޔަވައިދިނުމާ ގުޅޭގޮތުން ހަމަޖައްސަންޖެހޭ ހުރިހާ އިދާރީ ކަމެއް ހަމަޖެއްސުން.
  • މުވައްޒަފުންގެ އިޖުތިމާޢީ ގުޅުން އާލާކުރުމުގެ ކަންތައްތައް އިންތިޒާމްކުރުމުގައި އެހީތެރިވެން.
  • މިނޫންވެސް މަޤާމާ ގުޅޭގޮތުން ފެކަލްޓީން ޙަވާލުކުރާ ކަންތައްތައްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

 2018 ޖޫން 27 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތު (ފެށުނު ތާރީޚު އަދި ވަޒީފާއިން ވަކިވި ތާރީޚު) އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
19 ޖޫން 2018
ހޯދާ