އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

 

އިޢުލާނު

މަޤާމް:

 

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤަމްގެ ނަމްބަރ:

J-257939

ބޭނުންވާ ޢަދަދު:

1

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމްގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އދ.އަތޮޅު ހޮސްޕިޓަލް، އދ.މަހިބަދޫ

މުސާރަ:

-/5,610

ސަރވިސް އެލަވަންސް:

-/2,000

އެހެނިހެން އެލަވަންސް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް. ( މަހަކު -/700 ރ )
  2. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

 

  1. އިންފޮމޭޝަން ޓެކްނޯލޮޖީގެ ރޮނގުން ހޮސްޕިޓަލްގެ މަސައްކަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ ޕްރޮގްރާމްތައް ހޯދާ އިންސްޓޯލް ކުރުމާއި، ސަޕޯރޓް ދިނުމާއި، އިދާރާއަށް ބޭނުންވާ މިންވަރަށް ހާރޑްވެއަރ ހޯދައިދިނުމުގައި މެނޭޖްމަންޓަށް ލަފާ ދިނުމާއި، ސޮފްޓްވެއަރ އަދި ހާރޑްވެއަރ މަރާމާތުކޮށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުން.   
  2. ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުމާއި ބަދަލުތަކާއި ގުޅޭގޮތުން އެކަށޭނަ އިންފޮމޭޝަން ޓެކްނޯލޮޖީގެ ނިޒާމްތައް ފަރުމާކޮށް ތަޢާރަފް ކުރުމާއި، އިދާރާގެ ބޭނުންތަކަށް ހޯދަންޖެހޭ އައި.ޓީ އިކްއިޕްމަންޓްގެ ސްޕެސިފިކޭޝަން ތައްޔާރުކޮށް ކަމާއިބެހޭ ލަފާ ދިނުން.   
  3. ސިއްޙީ ދާއިރާގެ ޕޮލިސީތަކަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ބިނާކޮށް އޮފީހުގެ އައި.ޓީ ދާއިރާގެ އެންމެހައި ކަންތައްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.   
  4. ހޮސްޕިޓަލާއި އަތޮޅުގެ ސިއްޙީ މަރުކަޒުތަކުގެ ޓެލެފޯނު ސިސްޓަމާގުޅޭ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ އުޞޫލުން ބެލެހެއްޓުމާއި، އަދި އޮފީހުގެ ބޭނުމަށް ހޯދާފައިވާ ލެޕްޓޮޕް، ޕްރިންޓަރ، ޕްރޮޖެކްޓަރ، ޑިޖިޓަލް ކެމެރާ، ވީޑިއޯ ކެމެރާ، ފަދަ ތަކެތި މަރުކަޒީ އުސޫލުން ބެލެހެއްޓުމާއި، މިތަކެތީގެ ޚިދުމަތް އޮފީހުގެ އެކި ދާއިރާތަކަށް ފޯރުކޮށް ދިނުން.    
  5. ހޮސްޕިޓަލާއި އަތޮޅުގެ ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ ކޮމްޕިއުޓަރާއި އެއާއިގުޅޭ އެހެނިހެން ސާމާނު ހަމަޖެހިފައިވާ އުޞޫލުން ހޯދާ، އެތަކެތި މަރާމާތުކޮށް ބެލެހެއްޓުމާއި ސަޕޯޓްދިނުން.
  6. ހޮސްޕިޓަލްގައި ބޭނުންކުރާ ޑޭޓާބޭސް ރައްކާތެރި ކަމާއެކު ބެލެހެއްޓުމާއި ނެޓްވާރކް ވިއުގައަށް ދިމާވާ މައްސަލަތައް ޙައްލު ކުރަމުން ގެންދިއުން.
  7. ހޮސްޕިޓަލްގެ އިންޓަރނެޓް ވެބްސައިޓާއި އެހެނިހެން މީޑިއާތައް ޑިވެލޮޕްކޮށް، މެއިންޓެއިންކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން މުވައްޒަފުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމާތުތައް ފޯރުކޮށް ދިނުން.
  8. އަތޮޅުގެ ސިއްޙީ މަރުކަޒުތަކަށް ދާންޖެހިއްޖެ ޙާލަތެއްގައި އެތަނަކަށް ގޮސް އައި.ޓީ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  9. މީގެ އިތުރުން ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކުގައި ކުރަންޖެހުނު ކޮންމެ ކަމެއް ވެރިން އަންގާގޮތެއްގެ މަތިން ކުރުން.

 

މަޤާމުގެ ޝަރުޠު

 

ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އދ.އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، އދ.އަތޮޅު ހޮސްޕިޓަލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،2018 ޖޫން މަހުގެ  21 އިން 30 އާ ދެމެދު، އދ.އަތޮޅު ހޮސްޕިޓަލް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680851 އަށެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.  

11 ޖޫން 2018
ހޯދާ