މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެރޮޑްރޯމް ފްލައިޓް އިންފޮމޭޝަން ސަރވިސަސް އޮފިސަރ ޓްރޭނީ
ބޭނުންވާ އަދަދު :6

މަޤާމް : އެރޮޑްރޯމް ފްލައިޓް އިންފޮމޭޝަން ސަރވިސަސް އޮފިސަރ ޓްރޭނީ

ބޭނުންވާ އަދަދު: 06 

        (02 ހދ. ކުޅުދުއްފުށީ އެއަރޕޯޓަށް)

        (01 ށ. ފުނަދޫ އެއަރޕޯޓަށް)

        (01 ނ. މާފަރު އެއަރޕޯޓަށް)

        (02 ގދ. މާވަރުލު އެއަރޕޯޓަށް)

 

މަސައްކަތް ކުރަންޖެހޭ ތަން: ރީޖަނަލް އެއަރޕޯޓުތައް /  ވެލާނާއިންޓަނޭޝަނަލް އެއަރޕޯރޓް، ހުޅުލެ

ޝަރުތު :

Ø       އިނގިރޭސި އަދި ހިސާބު ހިމަނައިގެން އޯލެވެލް 3 މާއްދާ އިން "ސީ" ފާސް ލިބިފައިވުން.

Ø       އިނގިރޭސިން ލިޔެކިޔުމާއި ވާހަކަދެއްކުމަށް ފަރިތަވުން.

Ø       ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

Ø       މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، އެކްރެޑިޓްކުރެވިފައިވާ ޑިގްރީއެއް ނުވަތަ ޓެކްނިކަލް ޑިޕްލޮމާއެއް ޙާސިލްކޮށްފައިވާ ފަރާތްތަކަށާއި، ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-          އެއަރޕޯޓުގެ ޙިދުމަތް ހޯދާ (ފުރާ، ޖައްސާ) އެންމެހައި މަތިންދާ ބޯޓަށް  ބޭނުންވާ ، ސަލާމަތީ ލަފާ އަދި މުވާސަލާތީ ޙިދުމަތް ފޯރުކޮށްދިނުން.

-          ފްލައިޓްގެ ރައްކާތެރިކަމަށް އަދި މޫސުމާއި އޮޕަރޭޝަނަށް ބޭނުންވާ އިކުއިޕްމަންޓްގެ ޙާލަތާއި ބެހޭ އެންމެހައި މައުލޫމާތު ލިބެންޖެހޭ އެންމެހައި ފަރާތްތަކަށް ފޯރުކޮށްދިނުން.

-          އެއަރ ޓްރެފިކް މެނޭޖްމަންޓްގެ ކޮންމެ ޔުނިޓެއްގައި މަސައްކަތްކުރުމަށް ތައްޔާރުވެ ހުރެ، އެހެނިހެން ޑޮމެސްޓިކް ވައިގެ ބަނދަރުތަކުގައި މަސައްކަތްކުރަން ޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރުމަށް ތައްޔާރަށް ހުރުން.

-          އޮފީހުގައި ހަވާލުކުރެވޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމާއި، ދުވަހުން ދުވަހަށް، މަހުން މަހަށް އަދި އަހަރަކު އެއްފަހަރު ތަފާސް ހިސާބާއި ބިލްކުރުމަށް ތައްޔާރުކުރަންޖެހޭ ރިޕޯޓް ފަދަ ލިޔެކިޔުން ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް :  

- ވަޒީފާއަށް އެދޭ ފޯމް (www.macl.aero އިން ޑައުންލޯޑް ކުރެއްވުމަށްފަހު ފުރިހަމަކުރައްވާ)

- ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  

- ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

 

 

ކުރިމަތިލުމުގެ ސުންގަޑި : 18 ޖޫން 2018 ވަނަ ދުވަހުގެ 1400.

 

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :     

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސް އޮޕަރޭޝަންސް، އަލްފާޟިލް ޙުސައިން ނައީމް،

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

 

އިތުރު މަޢުލޫމާތު : ފޯނު –  3325511

 

ނޯޓް: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެއް މަޤާމަށްވުރެ ގިނަ މަޤާމަށް އެދި ސިޓީ ހުށައަޅާނަމަ، ކޮންމެ މަޤާމަކަށްވެސް ސިޓީ އާއި ލިޔެކިޔުންތަކުގެ ވަކި ސެޓެއް ހުށައަޅުއްވާށެއެވެ.

06 ޖޫން 2018
ހޯދާ