މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސޯޝަލް މީޑިއާ މަރކެޓިން ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މަސައްކަތް: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓިން ކޮންސަލްޓެންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

 މި އިއުލާނޭއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސާއި އެއްގޮތަށް މިކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓިން ކޮންސަލްޓަންސީ މަސައްކަތްކޮށްދެއްވާނޭ ފަރާތެއް ބޭނުންވެއްޖެ.

 މަސައްކަތުގެ އަގު:  ދެ ފަރާތުން އެއްބަސްވާ އަޤެއް

ބޭނުންވާ އަދަދު: 1 (އެކެއް)

ޝަރުތު:

  • ސޯޝަލް މީޑިއާ މާކެޓިން ނުވަތަ ގުޅޭ ދާއިރާއަކުން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނދެއް ޙާސިލްކޮށްފައިވުން.
  • މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް: 

  • ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ތައްޔާރުކުރުމުގެ ދާއިރާއިން ލިބިފައިވާ ތައުލީމާ ތަމްރީނު
  • ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ތައްޔާރުކުރުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • އިންޓަވިއު

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. މަސައްކަތައް އެދޭ ފޯމު (މި އިޢުލާނާ އެކުގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
  2. މަސައްކަތައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް. ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ.
  3. މަސައްކަތައް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ކުންފުންޏެއް ނަމަ، ކުންފުނީގައި އެމަސައްކަތްކުރާ ފަރާތްތަކުގެ ލިޔުންތައް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. މަސައްކަތަށްއެދޭ ފަރާތުގެ ވަނަވަރު. ކުންފުންޏެއްނަމަ، ކުންފުނީގެ ޕްރޮފައިލް އަދި ކުންފުނީގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވަނަވަރު.

ވީމާ، މިމަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިކަމަށް ހާއްސަކުރެވިފައިވާ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 11 ޖޫން 2018 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގެ ޔޫތް އެކޮމަޑޭޝަން ބްލޮކްގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ހެނދުނު 8:00އިން ހަވީރު 1500:އަށް) 3336725 ނަންބަރު ފޯނަށް ގުޅެއްވުން އެދެމެވެ.

 22 ރަމަޟާން 1439

6 ޖޫން 2018

 

06 ޖޫން 2018
ހޯދާ