މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލެވިފައިވާ ހިޔާ 2018 މަޝްރޫޢުގެ ދަށުން އިޢުލާން ކުރެވިފައިވާ ކެޓެގަރީތަކުގެ މަޢުލޫމާތު ކަރުދާހަށް އިޞްލާޙެއްގެނައުން

މި މިނިސްޓްރީން 2018 މޭ 06 ވަނަ ދުވަހު ކުރި ނަންބަރު  (IUL)138-AS6/1/2018/150 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

 

ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީގެ ތެރެއިން ތިރިގައިމިވާ 1 ކެޓެގަރީގެ މަޢުލޫމާތު ކަރުދާސް އަންނަނިވިގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

އިޞްލާޙު 1

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) ޓީޗަރުންނަށް ޚާއްޞަ ކެޓެގަރީ

ގެނެވުނު އިޞްލާޙު

ޓީޗަރުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 5 (ޕްރައިމެރީ ސްކޫލްއިން ފެށިގެން މަތީ ސާނަވީ ތަޢުލީމުދެވޭ ސްކޫލްތަކުގެ ތެރެއިން، މާލޭ/ހުޅުމާލެ/ވިލިމާލޭގައި ތަޢުލީމީ ދާއިރާއިން ޓީޗަރެއްގެ ގޮތުގައި ދާއިމީ (ފުލް ޓައިމް) ވަޒީފާއެއް އަދާކުރާ ފަރާތަކަށް ވުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: ޕްރީ ސްކޫލްއިން ފެށިގެން މަތީ ސާނަވީ ތަޢުލީމުދެވޭ ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވާރސިޓީތަކުގެ އިތުރުން ކީރިތި ޤުރުއާނާބެހޭ މަރުކަޒު ފަދަ މުޢައްސަސާތަކުގެ ތެރެއިން، މާލޭ/ހުޅުމާލެ/ވިލިމާލޭގައި ތަޢުލީމީ ދާއިރާއިން ޓީޗަރެއްގެ ގޮތުގައި ދާއިމީ (ފުލް ޓައިމް) ވަޒީފާއެއް އަދާކުރާ ފަރާތަކަށް ވުން

 

 

05 ޖޫން 2018
ހޯދާ