މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ ގައި ޕާފޯމަންސް ސްޓޭޖްއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ އަގު ހުށަހަޅަންޖެހޭ މުއްދަތު އިތުރުކުރުމާއި ގުޅ

އިޢުލާން

 

ރ.ވާދޫ ގައި ޕާފޯމަންސް ސްޓޭޖްއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ އަގު ހުށަހަޅަންޖެހޭ މުއްދަތު އިތުރުކުރުމާއި ގުޅޭ

 

ޕާފޯމަންސް ސްޓޭޖެއް އެޅުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)299/299/2018/12 (07 މެއި 2018) އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.

 

ޙަވާލާ ދެވިފައިވާ އިޢުލާނުގައި އަގު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި، ޕާފޯމަންސް ގެރެންޓީ އާއި ބިޑް ސެކިޔުރިޓީ ހުށަހެޅުމަށް ދަތިތަކާއި ކުރިމަތިވަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާތީ، އަގު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމުގެގޮތުން، އެ އިޢުލާނުގައިވާ އަގު ހުށަހެޅުމުގެ މުއްދަތު 2018 ޖޫން 18 ވަނަ ދުވަހާއި ހަމައަށް އިތުރުކުރެވިފައިވާ ވާހަކަ މަޢުލޫމަށްޓަކައި ދަންނަވަމެވެ.

 

ވީމާ އެއިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން އަގު ހުށަހެޅުމަށް ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން 2018 ޖޫން 18 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

26 މޭ 2018
ހޯދާ