މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

މި މިނިސްޓްރީގެ ތިރީގައި މިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.   

01. މަގާމް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަމްބަރު:

110896

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / ހިއުމަން ރިސޯސް ޔުނިޓް

މަޤާމް އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް / ކ.މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް / ކ.މާލެ

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް 2 : 700/-  ރުފިޔާ

 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މަސައްކަތު އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ދާއިރާތަކަށް ބޭނުންވާ ފޯމްތައް ފޮނުވުމާއި މުވައްޒަފުންގެ މަސައްކަތު ޓާގެޓް ސެޓް ކުރުމަށް ދެންނެވުން
  2. ފޯމްތައް މިނިސްޓްރީގެ ދާއިރާތަކަށް ކުރިން ސެކްޝަން 1 ގައިވާ "މަސައްކަތުގެ ފެންވަރުބެލޭ މުވައްޒަފާ ބެހޭ މަޢުލޫމާތު" އެމުވައްޒަފެއްގެ މަޢުލޫމާތު ފައިލުގައި ރެކޯޑްތަކާއި އެއްގޮތަށް ފުރިހަމަކުރުން.
  3. މަސައްކަތު އަހަރު ކަނޑައެޅިފައިވާ ޓާގެޓް ސެޓްކޮށް މުވައްޒަފުންނާއި މުޢާމަލާތު ކުރެވިފައިވޭތޯ ބެލުން
  4. މަސައްކަތު އަހަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައިގަނޑު މަސައްކަތް ކުރުމަށް މިނިސްޓްރީގެ ދާއިރާތަކުގައި ދެންނެވުން
  5. ފޯމްތައް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ފޯމްތައް ފުރިހަމަކޮށްފައިވޭތޯ ބެލުން
  6. ދާއިރާގެ މުވައްޒަފުންގެ ޢަދަދާއި، ޓާގެޓް ކަނޑައެޅިފައިވާ މުވައްޒަފުންނާއި، ފޯމްތައް ފުރިހަމަވާ މުވައްޒަފުންގެ މަޢުލޫމާތު އެއްކުރުން
  7. ފޯމްތައް ދިރާސާ ކުރުމަށްފަހު، އޭގެތެރެއިން އެއްވެސް ފޯމެއް ފުރިހަމަކޮށްފައިވަނީ ހަމަޖެހިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި ތަފާތުގޮތަކަށް ކަމަށް ފެންނަނަމަ، ހިއުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެދާއިރާއަކާއި މަޝްވަރާކޮށްގެން އެކަންތައްތައް ބަލައި ޙައްލުކުރުން.
  8. ޕޮއިންޓް ދީފައިވަނީ ދާއިރާތަކަށް ޕޮއިންޓް ދިނުމަށް ފޯމްގައި ކަނޑައަޅައިފައިވާ އިންތަކުގެ ތެރެއިންތޯ ނުވަތަ ނޫންތޯ ބަލައި ޗެކް ކުރުން. އަދި ބައެއްބައިތަކަށް މާމަތިން ނުވަތަ މާދަށުން ޕޮއިންޓް ލިބިފައިވާނަމަ، މިކަން ހިއުމަން ރިސޯސް ޕެނަލްގެ ސަމާލުކަމަށް ގެނައުން.
  9. މަސައްކަތުގެ ފެންވަރު ބެލުމާއި ބެހޭގޮތުން އެއްވެސް މުވައްޒަފަކު ޝަކުވާއެއް ހުށަހަޅައިފިނަމަ ހިއުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެމައްސަލައެއް ޙައްލުކުރުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

02. މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަމްބަރު:

249008

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް/ އިންފޯރމޭޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް / ކ.މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް / ކ.މާލެ

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް 2 : 700/-  ރުފިޔާ

 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  1. ބޮލި ސިސްޓަމާއި ގުޅިގެން ކައުންސިލްތަކާއި މިނިސްޓްރީގެ ސްޓާފުންނަށް އެކްސެސް ދިނުމާއި އެކްސެސް ކަނޑާލުން
  2. ބޮލި ސިސްޓަމް ބޭނުންކޮށްގެން މަސައްކަތްކުރާއިރު، މުވައްޒަފުންނަށް ހެދޭ މިސްޓޭކް ރަނގަޅުކުރުން. އަދި NCIT އާއި އެޗް.އާރް ސިސްޓަމްގެ ޑިވެލޮޕާރސްއާއި އެކުގައި ރަނގަޅުކުރަންޖެހޭ ކަންތަކުގައި އެފަރާތަށް އަންގަންޖެހޭ ކަންކަން އީމެއިލުން އެންގުން. މިމަސައްކަތުގެ ރިކޯޑް ބެލެހެއްޓުން.
  3. ބޮލި އޮންލައިން ސިސްޓަމް ބޭނުންކުރާ ފަރާތްތަކުން އަންގާ މައްސަލަތަކުގެ އިތުރު މައުލޫމާތު ސާފުކުރުމާއި ރިކޯޑް ބެލެހެއްޓުމާއި ޔުނިޓް ހެޑަށް އެކަންތައް އެންގުން. އަދި މައްސަލަ ހައްލުވުމުން އެކަން ހުށަހެޅިފަރާތަށް އެންގުން
  4. ބޮލި އޮންލައިން ސިސްޓަމްގެ އީފާސް އެކައުންޓް އަޕްގްރޭޑް ކުރަން އަންނަ ފަރާތްތައް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ޔަގީންކުރުމައްފަހު އެކައުންޓް އަޕްގްރޭޑް ކޮށްދިނުން. އަދި އަލަށް މިނިސްޓްރީއަށްގުޅޭ މުވައްޒަފުންގެ ލޮގިންއާއި މެއިލް ކްރިއޭޓްކުރުން.
  5. ބޮލި އޮންލައިން ސިސްޓަމް ގައި ހިމެނޭ ޔޫސަރ ޑެލިގޭޝަން މޮޑިއުލްގެ އެޑްމިން އެކްސެސް ދިނުމަށް ހުށައަޅާފޯރމްތައް ޕްރޮސެސްކޮށް ރިކޯޑް ބެލެހެއްޓުމާއި ފައިލް ކުރުމާއި އަދި ބޯޑް ރިޒޮލިއުޝަންގެ ކޮޕީ ރެޖިސްޓްރަރ އޮފް ކޮމްޕަނީޒްއަށް ހުށަހެޅުން
  6. ބޮލި އޮންލައިން ސިސްޓަމް ބޭނުންކުރުމުގައި އެހީއަށް އެދޭ ފަރާތްތަކަށް ފޯނުން އެހީވެދިނުން.
  7. ބޮލި އޮންލައިން ސިސްޓަމް ބޭނުންކުރުމަށްޓަކައި ގުޅާފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ލިބޭ ސުވާލްތަކަށްބަލައި އެކަމަށް ބޭނުންވާނެ ޓިއުޓޯރިއަލް، ވިޝުއަލް މީޑިއާފަދަ ތަކެތި ތައްޔާރުކުރުމާއި އަޕްގްރޭޑްކުރުން.
  8. މިނިސްޓްރީގެ މުވައްޒަފުންނަށް ދިމާވާ އައިޓީ މައްސަލަތައް ރިޕޯޓްކުރާ ފޯނަށް ޖަވާބުދީ، މައްސަލަ ރިކޯޑްކޮށް ބެލެހެއްޓުން. އަދި ޓެކްނިކަލް ސްޓާފުން މައްސަލަ ހައްލުކުރަން ފޮނުވުން. އަދި މައްސަލަ ހައްލުކޮށްފިތޯ ބެލުމާއި ހައްލު ނުވާނަމަ ޔުނިޓް ހެޑަށް ރިޕޯޓް ކުރުމާއި އަދި މައްސަލަ ހައްލުވުމުން ރިކޯޑް ކްލޯސްކުރުން.
  9. މިނިސްޓްރީގެ މުވައްޒަފުންގެ ޕާސްވޯޑްތައް ރިސެޓްކޮށްދިނުމާއި އަދި އައިޓީ ޔުނިޓްގެ ފައިލިންގ އަދި އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

 

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

03. މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަންބަރު:

110736

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަގާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން / އަދަރ ޕަރމިޓްސް އެންޑް ބިޒްނަސް ސަރވިސް ޔުނިޓް

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް / ކ.މާލެ

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

އެހެނިހެން އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް 2 : 700/-  ރުފިޔާ

 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

  1. ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކާއިގުޅޭ މައުލޫމާތު ހޯދުމަށް ސަރުކާރު އޮފީސްތަކުން  އަދި ވިޔަފާރިތަކުންލިބޭ ސިޓީ ތަކަށް ޖަވާބުދިނުން
  2. ރަޖިސްޓްރީކުރެވޭ ވިޔަފާރިތަކާއިގުޅޭ މައުލޫމާތުހޯދުމަށް ބޭންކާއި، ލޯފާމާއި، ކުންފުނި އަދި އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޑިއުޑެލިޖެންސް ހެދުން
  3. ކެންސަލްކުރުމަށް ހުށަހެޅޭ އަމިއްލަފަރުދުންގެ ވިޔަފާރިތައް ކެންސަލްކުރުމާއި ވިޔަފާރި ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން
  4. ކެންސަލްކުރުމަށް ހުށަހެޅޭ ވިޔަފާރީގެ ނަން ކެންސަލްކުރުމާއި ވިޔަފާރި ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން
  5. ރަޖިސްޓްރީކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މަޤްސަދުތައް އުނިކޮށް އިތުރުކުރުމަށް ހުށަހެޅޭ ހުށަހެޅުންތައް ބަލައިގަނެ ކަނޑައެޅިފައިވާ އުސޫލުން އެ މަސައްކަތްކުރުން. 
  6. ރާއްޖޭގައި ބޭއްވޭ ނައިޓް މާރކެޓް، ސޭލްސް އަދި ފެއަރފަދަކަންކަން ބޭއްވުމަށާއި ހުށަހެޅޭ ހުށަހެޅުންތަކަށް، އޮންނަ އުސޫލެއްގެ ދަށުން ޖަވާބުދިނުން.
  7. ވިޔަފާރި ރަޖިސްޓްރީކުރުމަށް ބޭނުންކުރާ ބިޒްނަސް ޕޯޓަލް އަޕްޑޭޓްކޮށް ލިޔެކިޔުންތައް ބެލެހެއްޓުން
  8. ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  9. މިނޫންވެސް މަޤާމާ އެކަށީގެންވާ މަސައްކަތެއް ކުރަން ހަވާލްކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން. އަދި ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

   7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ  ސެޓުފިކެޓްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

     (ހ)ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ  އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.          

     (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ  ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ  އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

-          ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ތަޖުރިބާއަށް ބަލައިގެން

-          ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމު މި ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) ކައުންޓަރުން ލިބެން ހުންނާނެވެ. އަދި  މި އިދާރާގެ  (www.trade.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  3 ޖޫން 2018 ވާ  އާދިއްތަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް އަދި ފެކްސް  +9603323840މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ ، 2018 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

   

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން 45% އަށްވުރެ މަތިވާންޖެހޭނެއެވެ.

 

                       

-      ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 10:00  ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ.

-          މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3333174،3333160 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 9603323840+ އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

       

24 މޭ 2018
ހޯދާ