މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން:

އިންޓަރނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަން ސެކްޝަން / ރިޝަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިކޮނޮމިކްސް ނުވަތަ ފައިނޭންސްގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާރސްޓަރސް ޑިގްރީ ހާޞިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މެކްރޯ އިކޮނޮމިކް ޑެވެލޮޕްމެންޓާއި ދުނިޔޭގެ އިގްތިޞާދަށް އަންނަ ބަދަލުތައް މޮނިޓަރކޮށް އެނަލައިޒްކޮށް އެކަމާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.
  • ރާއްޖޭގެ ވިޔަފާރިތަކަށާއި އިގްތިޞާދަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޓެކްނިކަލް ޕޭޕަރުތައް ލިޔުން.
  • ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި އެމްއެމްއޭއާ ދެމެދު ކުރަންޖެހޭ މުއާމަލާތްތައް ކުރުން.
  • ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ބައިނަލްއަޤުވާމީ މާލީ އިދާރާތަކަށް ފޯރުކޮށްދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ރިޒަރވް މެނޭޖްމެންޓް ސެކްޝަން / ރިޒަރވް މެނޭޖްމެންޓް އެންޑް މަރކެޓް އޮޕަރޭޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • ފައިނޭންސް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް  ނުވަތަ އިކޮނޮމިކްސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ފައިނޭސްގެ ދާއިރާއިން ތައުލީމާ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ބޭރު ފައިސާގެ ރިޒަރވް ބެލެހެއްޓުމާއި މެނޭޖްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

 

 

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ޑިވިޜަން:

ފައިނޭންޝަލް މެނޭޖްމަންޓް އެންޑް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ މުއްދަތު

01 (އެކެއް) އަހަރު

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި، އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރުކޮށް އަދި ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އެނަލައިޒް ކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ޑިވިޜަން:

ބޭންކިން ސުޕަރވިޝަން ސެކްޝަން / ބޭންކިން ސުޕަރވިޝަން ޑިވިޜަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ބިޒްނަސް، ކޮމާރސް ނުވަތަ ސްޓެޓިސްޓިކްސް ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި، ބޭންކިން، ފައިނޭންސް، އެކައުންޓިން ނުވަތަ ސްޓެޓިސްޓިކްސް ގެ ދާއިރާއިން ތައުލީމް ހާޞިލް ކޮށްފައިވާ ފަރާތްތަކަށްއިސްކަން ދެވޭނެއެވެ.
  • ޖީސީއީ އޯލެވެލްގެ އިނގިރޭސި މާއްދާ އިން ދަށްވެގެން "ބީ" ފާސް ލިބިފައިވުން

ހުނަރުވެރިކަން: 

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައި މިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • މައިކްރޯސޮފްޓް އެކްސެލް/ސްޓެޓިސްޓިކަލް ސޮފްޓްވެއަރ ބޭނުން ކޮށްގެން އެނަލިސިސް ހަދަން އެނގުން
  • ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމާއި މަސައްކަތާގުޅޭ ޕޭޕަރ/ރިޕޯޓް ލިޔުމާއި ޕްރެޒެންޓް ކުރުމުގެ ޤާބިލްކަން ލިބިފައިވުން

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް:

 

  • ބޭންކުތައް ސުޕަވައިޒުކޮށް ރެގިއުލޭޓް ކުރުމާ ގުޅޭ މަސައްކަތްތައް

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

31 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

24 މޭ 2018
ހޯދާ