މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނު ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

މަޤާމް:               ވޮޗަރ

ބޭނުންވާ އަދަދު:         2 (ދޭއް)

މަޤާމުގެ ގިންތި:         ވަގުތީ  (31 ޑިސެމްބަރ 2018) ގެ ނިޔަލަށް

މުސާރަ:             -/3000 ރުފިޔާ

ސަރވިސް އެލަވަންސް:    -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:  މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:  ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް / ފައިނު ކައުންސިލްގެ އިދާރާ

 

މަޤާމުގެ ޝަރުޠު: 

  1. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ: 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކައުންސިލްގެ އިދާރާއާއި، ކޯޓް ހިމެނޭ ސަރަޙައްދުގެ ސެކިއުރިޓީ ބެލެހެއްޓުން.
  1. ސެކިއުރިޓީ ބަލަހައްޓަން ޖެހޭ ގަޑިޔަކީ ރަސްމީ އަދި ނުރަސްމީ ދުވަސްތަކުގައިވެސް ކޮންމެ ދުވަހެއްގެ ހަވީރު 6:00 ން ހެދުނު 6:00 އަށެވެ.
  2. ކައުންސިލްގެ އިދާރާ ހިމޭނޭ ޢިމާރާތުގެ ގޯތިތެރޭގައި އިންދާފައިވާ ބަގީޗާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  3. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތްތަކުގެ ދާއިރާތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ޢިނާޔަތްތައް:

 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތް ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާ ޗުއްޓީ، އަދި ސަލާމް ޗުއްޓީ ހަމަޖެހިފައިވާ އުޝޫލުން ހަމަޖައްސަވައި ދެވޭނެވެ.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ.  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ނ. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

ރ. އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދު މީހެއްކަމުގައިވުން.

އިންޓަވިއު ކުރުން.

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 02 ޖޫން 2018 ވާ ހޯމަ ދުވަހުއެވެ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯރމް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.fainucouncil.gov.mv  އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ވަޒީފާ އަދާކުރިކަމުގެ ލިޔުމާއި، ވަޒީފާގައި އުޅޭނަމަ އެވަޒީފާގައި އުޅޭކަމުގެ ލިޔުން.

ނ. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސިޓީތަކުގެ ކޮޕީ ( އަސްލާއިއެކު)

ޅ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ދުވަސްތަކުގެ ހެނދުނު 10:00 އިން 13:30 އަށް ފައިނު ކައުންސިލްގެ އިދާރާއަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ،  31 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ ނަމްބަރ  6580072 ފޯނަށް ގުޅުން އެދެމެވެ. 

24 މޭ 2018
ހޯދާ