މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީގެ ދަށުން ހިނގަމުންދާ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތަކުއި ބޭނުންކުރަމުންދާ އެމްބިޔުލާންސްތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ 33 އެމްބިޔުލާންސެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 މިނިސްޓްރީގެ ދަށުން ހިނގަމުންދާ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތަކުއި ބޭނުންކުރަމުންދާ އެމްބިޔުލާންސްތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ 33 އެމްބިޔުލާންސެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 06 ޖޫން 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޖޫން 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ރަމަޟާން 1439

24 މޭ 2018
ހޯދާ