މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އައްޑޫސިޓީ މަރަދޫ ބައެއް މިސްކިތްތަކާއި ސަހަރާތައް ސާފުކޮށް ބެލެހެއްޓުމަށް

އިޢުލާން

އައްޑޫ ސިޓީ މަރަދޫގެ ބައެއް މިސްކިތްތައް ފޮޅާ، ސާފުކުރުމާއި، ގަބުރުސްތާނުތަކުގެ ވިނަނޮޅައި، ކުނިކަހައި ސާފުކުރުމުގެ މަސައްކަތް އަދި އެތަންތަނުގެ ބައެއްކުދި މަރާމާތުތައް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދޭން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީގެ އައްޑޫސިޓީ ޔުނިޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަން

ޙަރަކާތް

ތާރީޙް

ގަޑި

މިނިސްޓްރީގެ އައްޑޫސިޓީ ޔުނިޓް/ހިތަދޫ

ނަން ނޯޓުކުރުން

27،28 މޭ 2018

14:00 – 10:00

މިނިސްޓްރީގެ އައްޑޫސިޓީ ޔުނިޓް/ހިތަދޫ

މަޢުލޫމާތު ދިނުން

29 މެ 2018

13:00

މިނިސްޓްރީގެ އައްޑޫސިޓީ ޔުނިޓް/ހިތަދޫ

އެސްޓިމޭޓް ނެގުން

31 މޭ 2018

13:00

 

ނަން ނޯޓް ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6880868 ނަންބަރު ފޯނަށެވެ.

 

                             08  ރަމަޟާން  1439

23 މޭ 2018
ހޯދާ