މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

 

އިޢުލާން

 

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު

J-251730

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން / އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އެންޑް މެއިންޓެނަންސް ސެކްޝަން

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު، ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު، ކ. މާލެ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

-/700 ރުފިޔާ

އެހެނިހެން އެލަވަންސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • އަލަށް ޢިމާރާތްކުރާ ޞިއްޙީ ޚިދުމަތްދޭ ތަންތަން (ހޮސްޕިޓަލް/ ޞިއްޙީމަރުކަޒު)ގެ އެކްސްޓެންޝަން ޢިމާރާތްތައް ފަރުމާކޮށް ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތާއި ގުޅޭ އެންމެހާ ކަންކަން ކުރުން
  • ޞިއްޙީ ޚިދުމަތްދޭ ޢިމާރާތްތަކުގެ ހާލަތު ދެނެގަނެ އެތަންތަނުގެ މަޢުލޫމާތު ހޯދާ ޢިމާރާތްކުރުމާއި، މަރާމާތުކުރުމަށް ފަރުމާކުރުމާއި މަޢުލޫމާތު (ޓެންޑަރ ޑޮކިއުމަންޓް) ތައްޔާރުކުރުން
  • މާލިއްޔަތު ޤަވާޢިދާއި ހައުސިންގ މިނިސްޓްރީ، ޓެންޑަރ ބޯރޑްގެ ޤަވާޢިދުތަކަށް ފުށޫނާރާ ގޮތަށް މަޢުލޫމާތު ޝީޓް ތައްޔާރުކުރުން
  • ބިލް އޮފް ކުއަންޓިޓީ (ބީ.އޯ.ކިޔު) ތައްޔާރުކުރުމާއި ގުޅުންހުރި ލިޔުންތަކާއި އެތަންތަނުގެ ކުރެހުންތައް ރަނގަޅަށް ފުރިހަމަކުރުން
  • ކުރަންޖެހޭ އިޢުލާންތަކާއި ގުޅޭ މަޢުލޫމާތު ޝީޓް ތައްޔާރުކުރާއިރު ކޮންމެހެން ހުންނަންޖެހޭ ތަކެތި ތަފްޞީލްކޮށް ހިމެނުމާއި، ނެތުމުން އަންދާސީ ހިސާބު ބާތިލްވާނެ ތަކެތި ތަފްޞީލްކޮށް މަޢުލޫމާތު ޝީޓްގައި ހިމެނުން
  • ޢިމާރާތްކުރުމާއި މަރާމާތުކުރުމުގެ އިޢުލާންތަކަށް މަޢުލޫމާތު ދިނުމާއި ބިޑް އިވެލުއޭޓްކުރުމުގައި ފަންނީ ކަންކަމުގައި ޝާމިލްވެ އެހީތެރިކަންދިނުން
  • ޓެންޑަރ ކޮމެޓީއަށް މަޢުލޫމާތު ބޭނުންވެގެން އެދިއްޖެ ހާލަތްތަކުގައި އެކޮމެޓީއަށް ހާޒިރުވެ މަޢުލޫމާތު ދިނުމާއި ލިޔުމުން މަޢުލޫމާތު ދިނުން
  • ޢިމާރާތްކުރުމާއި، މަރާމާތުކުރުމަށް ކުރެވޭ އެގްރީމަންޓްތަކާ އެއްގޮތަށް މަސައްކަތްތައް ތަންފީޒްކުރުން
  • ޢިމާރާތްކުރުމާއި މަރާމާތުކުރާ ތަންތަން ސްޕަރވައިޒްކުރުމާއި، މޮނިޓަރކޮށް ބެލެހެއްޓުން އަދި ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް މީޓިންތައް ބާއްވާ ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
  • ޢިމާރާތްކުރުމާއި، ޢިމާރާތްތައް މަރާމާތުކުރުމާއި ގުޅުންހުރި ފައިސާގެ އިންވޮއިސް ލިބުމުން އިންވޮއިސްގައި ބަޔާންކޮށްފައިވާ ޚަރަދުތަކަކީ އެގްރީމަންޓާ އެއްގޮތަށް ކޮށްފައިވާ މަސައްކަތްތަކެއްތޯ ބަލާ އަދި އެމަސައްކަތް ސްޕަވައިޒްކުރާ ފަރާތުން މަސައްކަތްކޮށްފައިވާ ކަމުގެ ލިޔުން ފުރިހަމަވެފައިވޭތޯ ބަލާ ފައިސާ ދިނުމުގެ އިދާރީ މަސައްކަތް ކުރާ ފަރާތާއި ގުޅުންހުރި ހުރިހާ ލިޔުންތަކެއް ލިޔުމުން ހަވާލުކުރުން.
  • ޢިމާރާތްކުރުމާއި މަރާމާތުކުރާ ތަންތަން މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ސައިޓް އިންސްޕެކްޓް ކުރުމަށްޓަކައި ސައިޓަށްދަތުރުކުރުން. ޕްރޮޖެކްޓް ފެށުމަށްޓަކައި ސައިޓް ހަވާލުކުރުން އަދި މަސައްކަތް ނިމުމުން ސައިޓާއި ހަވާލުވުމުގެ އެންމެހާ ކަންކަން ކުރުން. އަދި ސައިޓް އިންސްޕެކްޝަން ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން
  • ޕްރޮޖެކްޓްތަކަށް ބޭނުންވާ މެޓީރިއަލް އެޕްރޫވްކުރުމާއި ސައިޓްގައި ބޭނުންކުރަނީ އެޕްރޫވްކޮށްފައިވާ މެޓީރިއަލްތޯ ބަލައި ވެރިފައިކުރުން
  • ޕްރޮޖެކްޓްގެ މަސައްކަތް ނުމުނުކަމުގެ ލިޔުން ހޯދުމަށް ކޮންޓްރެކްޓަރ ހުށަހެޅުމުން، މަސައްކަތް ނިމުނުކަމުގެ ލިޔުން ތައްޔާރުކޮށް ލިޔުން ދޫކުރުން

މަޤާމުގެ ޝަރުތުތައް

އާކިޓެކްޗަރ، ކޮންސްޓްރަކްޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް އާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 މެއި 2018 ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ވަނަ އަހަރުގެ ޖޫން މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

 

                                                         

 

23 މޭ 2018
ހޯދާ