އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ރ.އަތޮޅު އިފުރުގައި ހިންގާ އެއަރޕޯރޓުގައި ބޭނުންކުރާ ޖަނަރޭޓަރު ހިންގުމަށް ބޭނުންވާ ޑީސަލް ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކުންފުނީގެ ފަރާތުން ރ.އަތޮޅު އިފުރުގައި ހިންގާ އެއަރޕޯރޓުގައި ބޭނުންކުރާ ޖަނަރޭޓަރު ހިންގުމަށް ބޭނުންވާ ޑީސަލް ތެޔޮ ސަޕްލައި ކުރަން ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޕްރޮޕޯސަލްތަކެއް ލިބިފައި ނުވާތީ، އެ އިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ.

 ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 29 މެއި 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 5 ޖޫން 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިއޮފީހުގައި އޮންނާނެއެވެ.

 އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

22 މޭ 2018
ހޯދާ