މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މާލެއާއި އަތޮޅު ތެރޭގައި ދީނީ ނަސޭޙަތްދެއްވާނެ ބޭފުޅުން ހޯދުން

މާލެއާއި އަތޮޅުތެރޭގައި ދީނީ ނަސޭޙަތްދެއްވުން

 

މާލެއާއި އަތޮޅު ތެރޭގައި ދީނީ ނަސޭޙަތްދެއްވާނެ ބޭފުޅުން ހޯދުމާއި ބެހޭ:

 

މަޤާމް:

ވާޢިޡު

ބޭނުންވާ އަދަދު:

03  (ތިނެއް)

މަޤާމުގެ ބާވަތް

ކޮންސަލްޓެންޓް

މުއްދަތު: 01 އަހަރު

މަޤާމު އޮތް ޑިވިޜަން /ސެކްޝަން/ޔުނިޓް:

އިސްލާމިކް އެފެއާޒް ޑިވިޜަން،

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މިނިސްޓްރީން އަންގާގޮތެއްގެ މަތީން މާލެއާއި އަތޮޅުތެރޭގައި

އުޖޫރަ:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/1000ރ (އެއްހާސް ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ވަގުތު

  1. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 15:00 އަށް،
  2. މާލެއާއި އަތޮޅުތެރޭގައި ދީނީ ނަސޭޙަތްދިނުމަށް ހިންގާ ޕްރޮގްރާމްތަކުގައި ދީނީ ނަސޭޙަތްދިނުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލެއާއި އަތޮޅުތެރޭގައި ދީނީ ނަސޭހަތްދިނުމާއި، މި މިނިސްޓްރީން ހިންގާ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން.

 

  1. އޮފީހުގެ ރަސްމީ މަސައްކަތްތާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހި ރާއްޖެއިން ބޭރު ޤައުމެއްގެ އިސްލާމިކް ޔުނިވަރސިޓީއަކުން އަރަބިބަހުން، އިސްލާމީ ޝަރީޢާގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން. ނުވަތަ،

 

  1. އެފަދަ ޔުނިވަރސިޓީއަކުން ދީނީ މާއްދާތައް ކިޔަވާފައިވާކަން އެނގޭ ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، މިސެޓްފިކެޓަކީ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްކަމުގައިވުން.

 

  1. އަދި މި މިނިސްޓްރީން ދޫކުރާ ދީނީ ނަޞޭޙަތްދިނުމުގެ ހުއްދައޮތުމާއެކު 2 އަހަރު ދުވަހުގެ ދީނީ ނަސޭޙަތް ދިނުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން)  %30
  2. ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ %20
  3. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)  %50

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

 

  1. ވަޒީފާއަށް އެދޭ ފޯމް (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހުން ހޯދުމުގައި ފުރިހަމަ ޞިއްޙަތެއްގައިހުރި ފިރިހެނުންނަށް އިސްކަންދެވޭނެއެވެ.

ސުންގަޑި އަދި އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

 

  • ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާނީ 2018 މެއި 28 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް  ( އިސްލާމީ މަރުކަޒު )
  • ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020200،3020218 އަށެވެ.
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.
  • އިންޓަރވިއު އޮންނާނީ 2018 މޭ 29 އާއި 31 އާ ދެމެދު ދުވަހެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

55% (ފަންސާސް ފަސް ޕަސެންޓް )

 

20 މޭ 2018
ހޯދާ