މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/5،380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4،340 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

3،000ރ - 4،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުން

ނުވަތަ

- ޖީ.ސީ.އީ އޯލެވެލް ދެ މާއްދާއިން ފާސްވެފައިވުމާއި އެކު 02 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން

-މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖް އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ރާއްޖެއިން ގަންނަންޖެހޭ ތަކެތި ގަނެ ޙަވާލުކުރުމުގެ މަސައްކަތް ޕްރޮކިއުމަންޓް ޕޮލިސީ އާއި އެއްގޮތަށް ކުރުން.

- ކޯޓޭޝަން ލިބުމުން އެކި ސެކްޝަންތަކުން ފޮނުވާ ލޯކަލް ޕާރޗޭސް ރިކުއިޒިޝަން ފޯމުތަކުގެ ރެކޯޑްސް ބަލަހައްޓައި ލިޔުންތައް ރައްކާތެރިކަމާއިއެކު ފައިލްކޮށް ބެލެހެއްޓުން

- ލޯކަލް ޕާރޗޭސް ރިކުއިޒިޝަން ފޯމްތަކުގައިވާ ތަކެތި ސަރުކާރުގެ ފައިސާގެ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ގަތުމަށް އަގުހޯދާ، އިވެލުއޭޝަނާއި އެޕްރޫވަލް ތައްޔާރުކުރުން.

- މުދާ ގަތުމަށް އެޕްރޫވަލް ލިބުމުން އެމުދާ ގަތުމަށް ލޯކަލް ޕާރޗޭސް އޯޑަރ ހަދާ ގަނެ ގުޑްރިސީވް ނޯޓް އިން ޑިޕާޓްމަންޓްތަކަށް މުދާ ޙަވާލުކުރުން.

- ކުރާ މަސައްކަތާ ގުޅޭ ބިލްތައް ލިބުމުން ބިލްތައް ނިންމުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

ސުންގަޑި:

2018 މެއި 27 ވާ އާދިއްތަ ދުވަހުގެ 15:30ގެ ކުރިން.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

-  މަޤާމަށް އެދިހުށަހަޅާ ފޯމް

-  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

-  ޕޮލިސް ރިކޯޑް ފޯރމް (އެއްމަސް ހަމަނުވާ)

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
20 މޭ 2018
ހޯދާ