މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީ އަށް ބޭނުންވާ ސޮފްޓްވެއަރ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ސަރުކާރުން ފައްޓަވާފައިވާ "ނޭޝަނަލް ސިންގަލް ވިންޑޯ" ޕްރޮޖެކްޓްގައި ހިމެނޭ މުއައްސަސާތަކުގެ ތެރެއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީ އަށް ބޭނުންވާ ސޮފްޓްވެއަރ މި މިނިސްޓްރީގެ އީ.އައި.އެފް ޓިއަރ 1 ޕްރޮޖެކްޓުން ފަރުމާކޮށްދޭން ބޭނުންވާތީ ސޮފްޓްވެއަރ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި މިނިސްޓްރީގެ އިޢުލާން ނަމްބަރ IUL)101-EP/1/2018/97) އިޢުލާނަށް އެކަށީގެންވާ އަދަދެއްގެ ފަރާތުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން، 22 މެއި 2018 ވާ އަންގާރަ ދުވަހު، މެންދުރު 13:00 ގައި މި މިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ގައި ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްވާ، މަޢުލޫމާތު ސާފުކުރުމަށް ދައުވަތު އަރުވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ، މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަތުމާއި، ހުޅުވުން އޮންނާނީ  29 މެއި 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި،  މި މިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ކޮންފަރެންސް ހޯލްގައެވެ. ބީލަމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ، މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ގޮތަށް ލޭބަލް ކުރެވި، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333139 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި، "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

                 05 ރަމަޟާން 1439

20 މޭ 2018
ހޯދާ