Gazette
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ފިޠުރު ޒަކާތް ފުވައްމުލަކު ސިޓީގައި ބަލައިގަތުމާއި ބެހޭ

`

 

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

       މާލެ، ދިވެހިރާއްޖެ

 

 

ނަންބަރު: (IUL) 142-C2/1/2018/127

އިޢުލާން

1439 ވަނަ އަހަރުގެ ފިޠުރު ޒަކާތް ފުވައްމުލަކު ސިޓީގައި ބަލައިގަތުމާއި ބެހޭ

މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 05 ރަމަޟާން 1439 ( 20 މެއި 2018 ) ވާ އާދީއްތަ ދުވަހުން ފެށިގެން،29 ރަމަޟާން 1439 (13 ޖޫން 2018) ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 13:00 އަށް ފުވައްމުލަކު ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމެންޓްގެ އުތުރު، މެދު އަދި ދެކުނު  ދާއިރާތަކުގެ އޮފީހުގައި އޮންނާނެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރެވެ. ފުވައްމުލަކުސިޓީގައި ދިރިއުޅޭ މީހުން ޒަކާތް ދައްކާނީ އަންނަނިވި އަގުތަކުންނެވެ.

  • އާދައިގެ ހަނޑުލުންނަމަ މީހަކަށް 13/- ރ (ތޭރަ ރުފިޔާ(
  • ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 42/- ރ (ސާޅީސް ދެ ރުފިޔާ)
  • ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 72/-ރ (ހަތްދިހަ ދެ ރުފިޔާ)

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ރަމަޟާން 1439

16 މެއި 2018

16 މޭ 2018
ހޯދާ