ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މާލޭ ގާކޮށި އަދި އަރަބިއްޔާ ފްލެޓްގައި ހުރި ބައު ރެއިލިންގްސްތައް ނީލަމުގައި ވިއްކާލުން

 

އިޢުލާން

ނަންބަރ: HDC(161)-PRO/IU/2018/62         

މާލޭ ގާކޮށި އަދި އަރަބިއްޔާ ފްލެޓްގައި ހުރި ބައު ރެއިލިންގްސްތައް ނީލަމުގައި ވިއްކާލުން

                     މާލޭ ގާކޮށި އަދި އަރަބިއްޔާ ފްލެޓްގައި ހުރި ބައު ރެއިލިންގްސް ތަކެއް  ނީލަމުގެ އުސޫލުން ބައްލަވައި ގަތުމުގެ ފުރުސަތު މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ  ހުރިހާ މުދަލެއް އެއްފަރާތަކަށް ކާމިޔާބު ވާގޮތަށެވެ. އަދި މިތަކެތީގެ ނީލަން ފެށޭ އަގަކީ 5000(ފަސް ހާސް ރުފިޔާ) އެވެ. ނީލަމުގައި ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 1000 (އެއް ހާސް ރުފިޔާ) އެވެ.

            ނީލަމުގައި ބައިވެރި ވެވޭނީ 1000ރ (އެއްހާސް ރުފިޔާ) ގެ ސެކިއުރިޓީއެއް، ބޭންކް ގެރެންޓީ ޗެކެއް ނުވަތަ ނަގުދު ފައިސާ ގެ ގޮތުގައި ހުށަހެޅުއްވުމުންނެވެ. ސެކިއުރިޓި ހުށަހަޅުއްވާނީ ނީލަމުގައި ބައިވެރިވާން ހާޒިރުވާއިރުއެވެ.

                     ވީމާ، ނީލަމުގައި ބައިވެރިވެ ލައްވަން ބޭނުން ފުޅުވާ ފަރާތްތަކުން 21 މެއި 2018 ވާ ހޯމަ ދުވަހުގެ 10:30 އަށް މާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައިއޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން 5 ދުވަސް ތެރޭގައި ހުރިހާ މުދަލެއް ގެންގޮސް ނިންމަންވާނެއެވެ. މި ނީލަމާ ގުޅޭ އުސޫލު މި އިޢުލާނާއެކު މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv/bids އިން ލިބިލައްވާނެއެވެ.

                     އަދި އިތުރު މަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ މިކޯޕަރޭޝަންގެ 3355144 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

            

                                   28 ޝަޢްބާން 1439

                                  14 މެއި 2018

                                                                           

14 މޭ 2018
ހޯދާ