އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޮންސަލްޓަންޓެއް ހޯދުމަށް

  މި ކުންފުނީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ އެއަރޕޯރޓެއް ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓްގައި ޕްރޮޖެކްޓް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 24 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭއްވޭ ސެޝަން 31 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއޮފީހުގައި އޮންނާނެއެވެ.

 އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

14 މޭ 2018
ހޯދާ