މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގެ ހަތަރު އަވަށުގައި ޢިމާރާތްކުރެވޭނެ އުސްމިން ކަނޑައެޅުމާބެހޭ

މި އިދާރާއިން، މާލޭގެ ހަތަރު އަވަށުގައި ޢިމާރާތްކުރެވޭނެ އުސްމިން ކަނޑައަޅަނީ، މާލޭ ޕްލޭނިންގ ގަވާއިދުގެ އެއްވަނަ ބައިގެ 2 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. އަދި ވިލިނގިލި އަވަށުގައި ޢިމާރާތްކުރެވޭނެ އުސްމިން ކަނޑައަޅަނީ، މާލޭ ޕްލޭނިންގ ގަވާއިދުގެ ދެވަނަ ބައިގެ 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. މި މާއްދާތަކުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އުސްކޮށް ޢިމާރާތްތައް ހެދުމަށް ބައެއް ފަރާތްތަކުން އެދޭތީ، އެކަމަކީ މި އިދާރާއިން ކޮށްދެވޭނެ ކަމެއް ނޫންކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މާލޭ ޕްލޭނިންގ ގަވާއިދާ އެއްގޮތަށް މާލޭސިޓީގައި ހަދާ ޢިމާރާތްތައް ހެދުމަށްވެސް މި ފުރުޞަތުގައި އިލްތިމާސްކުރަމެވެ.

5 ޞަފަރު 1435

08 ޑިސެންބަރު 2013
ހޯދާ