މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

 

 

 

މި ސްކޫލްއިން 26 އޭޕްރިލް 2018 ގައި ޝާޢިރުކުރި (IUL)MS-HR/MS/2018/24 (ކޮމްޕިޔުޓަރ ޓެކްނީޝަން ) ގެ އިޢުލާން  ބާތިލްކޮށް، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލީމެވެ.

މަޤާމް:

ކޮމްޕިޔުޓަރ ޓެކްނީޝަން

 

މަޤާމުގެ ނަންބަރު:

J-241593

 

ބޭނުންވާ އަދަދު:

1

 

މަޤާމުގެ ގިންތި:

ދާޢިމީ

 

މަޤާމުގެ ރޭންކް:

އެމް.އެސް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަޖީދިއްޔާ ސްކޫލް، ކ. މާލެ

 

މުސާރަ:

-/5610 ރުފިޔާ

 

ސަރވިސް އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް:      

2000 ރުފިޔާ

-/700 ރުފިޔާ

 

 

 

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

1-ސްކޫލްގައި ބޭނުންކުރާ ހުރިހާ ކޮމްޕިޔުޓަރތައް ބެލެހެއްޓުން.

2-ސްކޫލްގެ ނެޓްވޯކް ބެލެހެއްޓުން.އަދި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން

3-ސްކޫލްގެ ކޮމްޕިޔުޓަރ މަރާމާތުކުރުމަށް ބޭނުންވާ އެންމެހާ ސާމާނުތައް ޤަވައިދުން އެދިގެން ހޯދުން.

4-ސްކޫލްގެ ސައުންޑް ސިސްޓަމް ބަލަހައްޓައި، ސްކޫލްގައި ބާއްވާ އެކިއެކި ބައްދަލުވުން އަދި ޙަރަކާތްތަކަށް ސައުންޑް ސެޓްކޮށް ދިމާވާ މައްސަލަތައް ހައްލުކުރުން.

5-ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ފެންނަގޮތަށް ހަރުކުރެވިފައިވާ ޓީވީއަށް ސްކޫލްގެ ޕްރޮގްރާމް އަދި ސްކޫލުން ބެލެނިވެރިންނަށް ދިނުމަށް ބޭނުންވާ މެސެޖް ފޮޓޯ ފަދަ ތަކެތި ދުވަހުންދުވަހަށް އަޕްޑޭޓް ކުރުން. އަދި ސްކޫލްގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.

6-އީ-ލެޓަރ ސިސްޓަމަށް ދިމާވާ މައްސަލަތައް އެކަމާބެހޭ އޮފީހާއި ގުޅައިގެން ހައްލުކުރުން.އަދި އީ.ލެޓަރ މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަމުގެ ތަމްރީނާއި އިރުޝާދު ދިނުން.

7-      ސްކޫލްގައި ބާއްވާ އެކި އެކި ބައްދަލުވުންތަކަށް ޕްރޮޖެކްޓަރ ސެޓްކޮށް އަދި ނިމުމުން ނަގާ ރައްކާކުރުން.

8-ސްކޫލުގެ ރަސްމީ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްކުރުން.

 

ޝަރުތު:

1- ކޮމްޕިޔުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

         
  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.

  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮސްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ ،ރާއްޖޭގެ މަރުކަޒަކުން ދޫކސޮްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓް ގެ ކޮޕީ.

  3. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަނަ، އަދާކޮސްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒިފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިމުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް.

1- ހާސިލްކޮށްފައިވާ ތަޢުލީމާއި،ތަމްރީނަށް ބަލައިގެން.

2-މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

3-ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން.

4-މީގެ އިތުރުން ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި  ހުށަހަޅާނީ 24 މެއި 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މަޖީދިއްޔާ ސްކޫލަށެވެ.ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3320583 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 މެއި 27 އާއި 2018 މެއި 29 އާ ދެމެދު، މަޖީދިއްޔާ ސްކޫލް ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

  މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

 
 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3324691 ނަންބަރު ފޯނާއެވެ.

ފެކްސް ނަމްބަރ 3320583އެވެ. އީމެއިލް ކުރާނީ [email protected]އެވެ.

 

28 ޝަޢުބާން 1439

14 މޭ 2018
ހޯދާ