މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތް: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް.

މަސައްކަތް: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް.

 މި އިއުލާނާއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސާއި އެއްގޮތަށް މިކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 މަސައްކަތުގެ އަގު:  ދެ ފަރާތުން އެއްބަސްވާ އަޤެއް

ބޭނުންވާ އަދަދު: 1 (އެކެއް)

ޝަރުތު:

  • ސޯޝަލް މީޑިއާ މާކެޓިން ނުވަތަ ގުޅޭ ދާއިރާއަކުން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން.
  • މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް: 

  • ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ތައްޔާރުކުރުމުން ނުވަތަ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތައުލީމާ ތަމްރީނު
  • ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ތައްޔާރުކުރުމުން ނުވަތަ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޖުރިބާ
  • އިންޓަވިއު

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. މަސައްކަތައް އެދޭ ފޯމު (މި އިޢުލާނާ އެކުގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
  2. މަސައްކަތައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  3. މަސައްކަތައް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. މަސައްކަތަށްއެދޭ ފަރާތުގެ ވަނަވަރު.

 ވީމާ، މިމަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިކަމަށް ހާއްސަކުރެވިފައިވާ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 23 މޭ 2018 ވާ ބުދަ ދުވަހު 13:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގެ ޔޫތް އެކޮމަޑޭޝަން ބްލޮކްގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ހެނދުނު 8:00އިން ހަވީރު 1500:އަށް) 3336725 ނަންބަރު ފޯނަށް ގުޅެއްވުން އެދެމެވެ.

 27 ޝަޢުބާން 1439

13 މޭ 2018

13 މޭ 2018
ހޯދާ