ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
spanish bas dhaskurumah scholarship ge furusathu

އިއުލާން

ސްޕެނިޝް ބަސް ދަސްކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތުތައް

އޭޝިއާގެ ޤައުމުތަކާއި ކޮލަމްބިޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރެއްވުމަށް ކޮލަމްބިޔާއިން ފައްޓަވާފައިވާ އީ.އެލް.އީ އޭޝިއާގެ ދެވަނަ އެޑިޝަންގެ ތެރެއިން ސްޕެނިޝް ބަސް ދަސްކުރުމަށް 14 ސްކޮލަރޝިޕްގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ދެއްވާފައިވަނީ ސްރީލަންކާ، އިންޑިއާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް އަދި ދިވެހިރާއްޖޭގެ ޓުއަރިސްޓް ގައިޑުންނަށްށާއި، އަންޑަރ ގްރެޖުއޭޓް އަދި ގްރެޖުއޭޓް ދަރިވަރުންނަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ސްޓައިޕެންޑް، ދެކޮޅު ޓިކެޓް އަދި ޓިއުޝަން ފީ ހަމަޖައްސަވައިދެއްވައެވެ. މި ކޯހުގެ މުއްދަތަކީ 4 މަސް ދުވަހެވެ.

 

 

       ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

www.cancilleria.gov.co/diplomacy/convocatory/extranjeros

 

or the website of the Embassy of Colombia in India: http://india.embajada.gov.co/newsroom/news/2018-04-19/14407

 

TO APPLY: https://docs.google.com/forms/d/e/1FAIpQLSdFc8EVIFPeKV49S2p0wQeQDyex6dpHh618CDYs-

eGjDvp5A/viewform

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2018 މެއި 13 ވާ އާދީއްތަ ދުވަހުގެ 12.00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށައެޅުއްވުމަށްފަހު އޭގެ ކޮޕީއެއް މި ޑިޕާޓްމެންޓަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ)

ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރެއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، 3341371  އަށް ގުޅުއްވައި އީމެއިލް ލިބުނުތޯ ކަށަވަރު ކޮށްލެއްވުން އެދެމެވެ. އީމެއިލްގެ ސަބްޖެކްޓްގައި ނުވަތަ ސިޓީއުރައިގެ ބޭރުގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ.

10 މޭ 2018
ހޯދާ