މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ވެބް ޑިޒައިނަރ (ޔޫއައި / ޔޫއެކްސް) އަދި ކޮޕީ ރައިޓަރ/ ކޮންޓެންޓް ރައިޓަރ

އިޢްލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ކުރި އިޢުލާން ނަންބަރު (IUL) 101-EP/1/2018/89 އަށް އެކަށީގެންވާ ވަރަށް ކުރިމަތިލާފައި ނުވާތީ، ތިރީގައި މި ދަންނަވާ މަޤާމަށް ކުރިމަތިލަާން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

  1. 01 ވެބް ޑިޒައިނަރ (ޔޫއައި / ޔޫއެކްސް)
  2. 01 ކޮޕީ ރައިޓަރ/ ކޮންޓެންޓް ރައިޓަރ

 

މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު، ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަން ޖެހޭނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވުން
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައި)
  • ކުރިން މަސައްކަތް ކޮއްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީ

 

މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓްގައި ވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،21 މޭ 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން،ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުންއެދެމެވެ.

 

ސިޓީއުރައިގައި 'އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން ގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި ވާންވާނެއެވެ.

 

 

 

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333160 (960)+

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

 

23 ޝައުބާން 1439

09 މޭ 2018
ހޯދާ