ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޭޝިއަރ

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.  

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކޭޝިއަރ

ބޭނުންވާ ޢަދަދު: 2

އަސާސީ މުސާރަ:

މަހަކު -/4000 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

-          ޖީ.ސީ.އީ އޯލެވެލް ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި ސާނަވީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި މިފަދަ ދާއިރާއިން މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަސައްކަތުގެ ވަގުތު

-          މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު

-          8:00: އާއި 22:00 ދެމެދު 5 ގަޑިއިރު އިރުއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

-          ޔުނިވާސިޓީގެ ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީގެ ފައިސާ  ބަލައިގަތުމާއި، ފައިސާ ބަލައިގަނެ ރަސީދު ދޫކުރުން.

-          ލިބޭ ފައިސާގެ ޑެއިލީ ރިޕޯޓް ތައްޔާރުކޮށް އަދި ޗެކްކޮށް ފައިސާ ޖަމާކުރުމަށް ބޭންކަށްދިއުން.

-          ރެވެނިއު ސެކްޝަނަށް ލިބޭ ފައިސާއާއި ބެހޭ ސޯސް ޑޮކިއުމަންޓްތައް ދުވަހުން ދުވަހަށް ޗެކްކޮށް އެންޓަރކޮށް ފައިލްކުރުން.

-          ކްރެޑިޓްގެ ގޮތުގައި ދެވޭ ޚިދުމަތްތަކަށް ބިލް ހެދުން / ޗެކުކުރުން.

-          ޑެއިލީ ކަލެކްޝަނާއި ބެހޭ ޓްރާންސެކްޝަންތައް ދުވަހުން ދުވަހަށް ސޮފްޓްވެއާއަށް އެންޓަރ ކުރުން.

-          ފައިނޭންސް ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ ލިޔެކިއުންތަކާއި މެދު އަމަލުކުރުމަށް އަންގާ ގޮތެއްގެ މަތިން އަމަލުކުރުން.

-          ފައިސާ ދައްކަންޖެހޭ ބިލްތައް ސެކްޝަން ތަކަށް ފޮނުވައިގެން ހޯދަންޖެހޭ (އެޕްރޫވަލް، ޖީ.އާރް.އެން، ޕީ.އޯ ފަދަ) މަޢުލޫމާތާއި ސޮއިތައް ހޯދުން އަދި ބިލްތަކުގެ މުއްދަތު ހަމަވުމުގެކުރިން ފައިސާ ދެއްކޭނެ ގޮތަށް ސެކްޝަންތަކަށް ގުޅައިގެން ބިލްތައް ހޯދައި ދުވަހުން ދުވަހަށް ސަޕްލަޔަރުންނަށް ޗެކްތަކާއި ޕޭމަންޓް ހެދުން.

-           ޗެކް ކުރާ މުވައްޒަފަކު ވައުޗަރާއި، ޗެކްތައް ޗެކްކުރުމަށްފަހު ހުއްދަދެއްވާ ބޭފުޅުން ލައްވައި ސޮއި ކުރުވައިގެން ގެނެސް ދިނުމުން ކުންފުނީގައި އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.

-           ބޭންކް އެކައުންޓްތަކުގެ ޚަރަދު ކުރުމަށް ތައްޔާރުކުރެވޭ ވައުޗަރތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން

-          އެކި ފަރާތްތަކުގެ ފައިސާ ދެއްކުމަށް ހެދޭ ޓީ.ޓީ، އެލް.ސީ އާއި ބޭންކް ޑްރާފްޓް ފަދަ ތަކެތީގެ ކޮޕީ އާއި އެކު ޚަރަދުގެ ތަފްސީލް އެޕޭމަންޓް އަކަށް ރިކުއެސްޓް ކުރި ސެކްޝަނަށް ޙަވާލުކޮށް ޕޭމަންޓް ލިބުނުކަމުގެ ލިޔުން ސެކްޝަންތަކުން ހޯދާ ބެލެހެއްޓުން.

-           ޕޭމަންޓް ވައުޗަރުތައް ދުވަހުން ދުވަހަށް ފައިލް ކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އައިޑީ ކާޑް ކޮޕީ ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް 14 މެއި 2018 ވަނަ ދުވަހުގެ ގެ 12:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ.

07 މޭ 2018
ހޯދާ