ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާރކެޓިންގ އެންޑް ސޭލްސް އެގްޒެކެޓިވް

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.  

ވަޒީފާގެ ފުރުޞަތު

މަޤާމު:

މާރކެޓިންގ އެންޑް ސޭލްސް އެގްޒެކެޓިވް

ބޭނުންވާ ޢަދަދު: 1

އަސާސީ މުސާރަ:

މަހަކު -/7000 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

-          މަސައްކަތުގެ ދާއިރާއިން އެމް.ކިއު.އޭ ލެވެލް 5 އެއްގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު 5 އަހަރު ދުވަހުގެ ޕަބްލިކް ފައިނޭންސްގެ ދާއިރާއިން ލިބިފައިވުން

މަސައްކަތުގެ ވަގުތު

-          މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު

-          8:00: އާއި 22:00 ދެމެދު 5 ގަޑިއިރު އިރުއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

-          ކުންފުނީގެ ޕްރޮޑަކްޓް/ސާރވިސްތައް ވިއްކުމަށް ހަދަންޖެހޭ ޕްރެޒެންޓޭޝަންތައް ހަދާ، ކްލައިންޓުންނާއި ބައްދަލުކޮށް ޕްރެޒެންޓޭޝަންދީ، ޕްރޮޑަކްޓް/ސާރވިސްތައް ވިއްކުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

-          ވިޔަފާރީގެ ފުރުޞަތުތައް ހޯދައި، ކުންފުނީގެ ބްރޭންޑްތަކުގެ ޑިމާންޑް އަދި މާރކެޓް ރީސާޗް ހެދުން

-          މާކެޓް ކުރާނެ ސްޓްރެޓެޖީ ތަކާއި އައިޑިއާ ދިނުމާއި، އަދި ބްރޭންޑްތަކުގެ ތަފާސްހިސާބާބެހޭ  މަޢުލޫމާތު ހޯދާ ބެލުން

-          އެކިކަހަލަ ޕްރޮމޯޝަނަލް ހަރަކާތްތައް ރާވާ ހިންގުމާއި ސޯޝަލްމީޑިއާ ކެމްޕެއިންތައް ރާވާ ހިންގުމުގެ މަސައްކަތްކުރުން

-          ކުންފުނީގެ ޕްރޮޑަކްޓް/ސާރވިސްތައް ވިޔަފާރީގެ އުޞޫލު ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކުގެ ކަންތައް ބެލެހެއްޓުމާއި އަދި އެ ޚިދުމަތްތައް ދޭގޮތް މޮނިޓަރކޮށް ގެންނަންޖެހޭ އީޖާދީ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރުން

-          ޑިޕާރޓްމަންޓްގެ ޓާސްކް ލިސްޓް ބެލެހެއްޓުން އަދި ސިޓީތަކަށް ޖަވާބުދޭތޯ ބަލާ މޮނިޓަރކުރުމާއި ކަސްޓަމަރ ރިލޭޝަންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

-          ހަފްތާގެ ސޭލްސް ރިޕޯޓް، ކުއާޓަލީ ސޭލްސް ރިޕޯރޓް އަދި އެނުއަލް ސޭލްސް ރިޕޯރޓް ހަދާތޯބަލާ މިމަސައްކަތް މޮނިޓަރކޮށް ޑިޕާރޓްމަންޓް ހެޑާއި ޙިއްޞާކުރުން.

-          ކުންފުނީގެ ސޭލްސް ކުރިއެރުވުމަށްޓަކައި ޕްލޭންކުރުމާއި ފޯރކާސްޓް ކުރުމާއި ކްލަޔަންޓް ކޮންޓެކްޓް ޑާޓާބޭސް އަޕްޑޭޓްކުރޭތޯ ބަލާ އެކަން މޮނިޓާރކުރުން

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އައިޑީ ކާޑް ކޮޕީ ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް 14 މެއި 2018 ވަނަ ދުވަހުގެ ގެ 12:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ.

07 މޭ 2018
ހޯދާ