ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފައިނޭންޝަލް އެނަލިސްޓް

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.  

ވަޒީފާގެ ފުރުޞަތު

މަޤާމު:

ފައިނޭންޝަލް އެނަލިސްޓް

ބޭނުންވާ ޢަދަދު: 1

އަސާސީ މުސާރަ:

މަހަކު -/7000 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

-          މަސައްކަތުގެ ދާއިރާއިން އެމް.ކިއު.އޭ ލެވެލް 5 އެއްގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު 5 އަހަރު ދުވަހުގެ ޕަބްލިކް ފައިނޭންސްގެ ދާއިރާއިން ލިބިފައިވުން

މަސައްކަތުގެ ވަގުތު

-          މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު

-          8:00: އާއި 22:00 ދެމެދު 5 ގަޑިއިރު އިރުއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

-          ފައިނޭންޝަލް ހިސާބުތައް ތައްޔާރުކުރުމާއި މެނޭޖްމަންޓް އަދި އިންވެސްޓަމަންޓް ޑިސިޝަންތަކަށް ބޭނުންވާ ފައިނޭންޝަލް ކުއަންޓިޓޭޓިވް އެނަލިސިސްތައް ތައްޔާރުކުރުން އާންމު މަސައްކަތްތައް.

-          ކުންފުންޏަށް ލިބޭ އާމްދަނީގެ ހިސާބުތައް ބަލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުން

-          ކުންފުންނީގެ ސްޓްރެޓެޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުންފުނީގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުން.

-          މެނޭޖްމަންޓް ޑިސިޝަންތައް ނެގުމަށް ބޭނުންވާ ފައިނޭންޝަލް ފޯކާސްޓްތައް ތައްޔާރުކުރުމާއި، އެނަލެޓިކަލް ރިޕޯރޓްތައް ތައްޔާރުކުރުން

-          އިންވެސްޓްމަންޓް އެޕްރެއިސަލްތައް ތައްޔާރުކުރުމާއި ކުއަލިޓޭޓިވް ފައިނޭންޝަލް ރިޕޯރޓްތައް އެކުލަވާލުމާއި ހުށަހެޅުން

-          އިންވެސްޓްމަން ރިކޮމެންޑޭޝަންތައް އެކުލަވާލުން

-          އިކޮނޮމިކް ޓްރެންޑްތަކަށް އަންނަ ބަދަލުތަކަށް ކުންފުންޏަށް  ލިބޭ ފައިސާ އެންމެ ފައިދާ ހުރިގޮތެއްގައި ބޭނުންކުރެވެނެ ގޮތްތަކުގެ ރިކޮމެންޑޭޝަންތައް ތައްޔާރުކޮށް ހުށަހެޅުން

-          ކުންފުންނީގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް އެންމެ އެފިޝަންޓްކޮށް ބޭނުންކުރުމުގައި އެހީތެރިވެދިނުން

-          ފައިނޭންޝަލް މެނޭޖްމަންޓްގެ ބެސްޓް ޕްރެކްޓިސްތައް ގާއިމުކުރުމާއި، ކުއަންޓިޓޭޓިވް ފައިނޭންޝަލް އެނަލިސިސް އަދި  އިންވެސްޓްމަންޓް އެޕްރެއިސަލްފަދަ ޓެކްނިކަލް ސްކިލްސް ފައިނޭންސް މުވައްޒަފުން ހޭލުންތެރި ކުރުވުން.

-          ފައިނޭންޝަލް އަދި އިކޮނޮމިކް ޑޭޓާ އިންޓަޕްރިޓް ކުރުމާއި، އިންވެސްޓްމަންޓް ރިސްކްތައް ދެނެގަތުނެ މެނޭޖްމަންޓްއަށް އެޑްވައިސް ކުރުން

-          ހަރުދަނާ އުސޫލުތަކެއްދެ ދަށުން ޚަރަދުތައް ބެލެހެއްޓޭނެ ނިޒާމު ގާއިމު ކުރުމުގައި ފައިނޭންޝަލް ކޮންޓްރޯލަރ އަށް ލަފާދިނުމާއި، އުސޫލުތައް އެކުލަވާލުން

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އައިޑީ ކާޑް ކޮޕީ ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް 14 މެއި 2018 ވަނަ ދުވަހުގެ ގެ 12:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ.

07 މޭ 2018
ހޯދާ