ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                                          ނަންބަރ:    (IUL)242/242/2018/22 

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

           ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ނަންބަރ:     (IUL)242/242/2018/9  (21 ފެބްރުއަރީ 2018) އިޢުލާނަށް އެކަށީގެންވާ މިންވަރަށް އެޕްލިކޭޝަން ހުށަހަޅުއްވާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް ތިރީގައި މިދަންނަވާ މަގާމަށް ކުރިމަތިލުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މުސާރަ (މަހަކު) -/4,465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް

މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އިތުރު އެލަވަންސްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-      އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް / ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެއްގަމު ލައިސަންސާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. އެއްގަމު ލައިސަންސް ހެދުމާއި ލައިސަންސް ތަކުގެ މައުލޫމާތު މަހަކު އެއްފަހަރު ރިޕޯޓްތައް ތައްޔާރު ކުރުމަށްފަހު ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވުން.
  3. އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތްތައް ކުރުން
  4. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ސާރވޭ ކުރުން.
  5. ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ހެއްދުން.
  6. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސާރވޭކޮށް، ސަލާމަތީ ސެޓްފިކެޓް، ޕަސިންޖަރުންގެ ސެޓްފިކެޓް، ބަރުމަރުކާ ސެޓްފިކެޓް ހެއްދުން.
  7. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހެއްދުން.
  8. އޮޑީ ނަންބަރ އެދި ހުށަހަޅާ ފަރާތްތަކަށް އޮޑީ ނަންބަރ ދޫ ކުރުން.
  9. މެރިޓައިމްގެ މަސައްކަތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް މަހަކު އެއްފަހަރު ރިޕޯޓް ތައްޔާރުކޮށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވުން.
  10. ކަނޑު ލައިސަންސް ހެއްދުމަށް އަތޮޅުތެރޭގެ ރަށްރަށަށް ދަތުރު ކުރުން.
  11. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-      އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-      އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

17 މެއި 2018 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

       

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

20 ޝަޢްބާން   1439

06 މެއި      2018

 

 

                                                                   މުޙައްމަދު ޝިރަން

                                                         ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް މެމްބަރ

06 މޭ 2018
ހޯދާ