މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ފައިނޭންސް އޮފިސަރ
ބޭނުންވާ އަދަދު :4

މުސާރަ:

މަހަކު -/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

3000ރ – 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއިއެކު ހަޔަރ ސެކަންޑްރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން (އެކައުންޓިންގ އަދި ހިސާބު މި ދެމާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ)

ނުވަތަ ޖީ.ސީ.އީ އޯލެވެލް ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި ސާނަވީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް (އެކައުންޓިންގ އަދި ހިސާބު މި ދެމާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ) ލިބިފައިވުމާއި މިފަަދަ ދާއިރާއިން މަދުވެގެން 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ  ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖަށް ފަރިތަވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- މިކުންފުނިންދޭ ޚިދުމަތްތަކަށް ޓެރިފާ އެއްގޮތުގެ މަތިން ފައިސާ  ބަލައިގަތުމާއި، ފައިސާ ބަލައިގަނެ ރަސީދު ދޫކުރުން.

- މާލެ ކޮމާޝަލް ހާބަރ އަށް ވަންނަ ފާސް/ސްޓިކަރ ވިއްކުމާއި މާލެ ނޯތު ހާބަރ އަދި މާލެ ސައުތު ވެސްޓް ހާބަރގެ ފެންވިއްކުން އަދި ސްޓިކަރ ވިއްކުން ހިމެނޭހެން ޚިދުމަތް ދީ ފައިސާ ބަލައިގަތުން.

- ލިބޭ ފައިސާގެ ޑެއިލީ ރިޕޯޓް ތައްޔާރުކޮށް އަދި ޗެކްކޮށް ފައިސާ ޖަމާކުރުމަށް ބޭންކަށްދާ މުވައްޒަފާއި ޙަވާލުކުރުން.

- ރެވެނިއު ސެކްޝަނަށް ލިބޭ ފައިސާއާއި ބެހޭ ސޯސް ޑޮކިއުމަންޓްތައް ދުވަހުން ދުވަހަށް ޗެކްކޮށް އެންޓަރކޮށް ފައިލްކުރުން.

- ކްރެޑިޓްގެ ގޮތުގައި ދެވޭ ޚިދުމަތްތަކަށް ބިލް ހެދުން / ޗެކުކުރުން.

- ޑެއިލީ ކަލެކްޝަނާއި ބެހޭ ޓްރާންސެކްޝަންތައް ދުވަހުން ދުވަހަށް އެކްޕެކަށް އެންޓަރ ކުރުން.

- ފައިނޭންސް ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ ލިޔެކިއުންތަކާއި މެދު އަމަލުކުރުމަށް އަންގާ ގޮތެއްގެ މަތިން އަމަލުކުރުން.

- ފައިސާ ދައްކަންޖެހޭ ބިލްތައް ސެކްޝަން ތަކަށް ފޮނުވައިގެން ހޯދަންޖެހޭ (އެޕްރޫވަލް، ޖީ.އާރް.އެން، ޕީ.އޯ ފަދަ) މަޢުލޫމާތާއި ސޮއިތައް ހޯދުން އަދި ބިލްތަކުގެ މުއްދަތު ހަމަވުމުގެކުރިން ފައިސާ ދެއްކޭނެ ގޮތަށް ސެކްޝަންތަކަށް ގުޅައިގެން ބިލްތައް ހޯދައި ދުވަހުން ދުވަހަށް ސަޕްލަޔަރުންނަށް ޗެކްތަކާއި ޕޭމަންޓް ހެދުން.

- ޗެކް ކުރާ މުވައްޒަފަކު ވައުޗަރާއި، ޗެކްތައް ޗެކްކުރުމަށްފަހު ހުއްދަދެއްވާ ބޭފުޅުން ލައްވައި ސޮއި ކުރުވައިގެން ގެނެސް ދިނުމުން ސަރުކާރުގެ ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ޤަވާއިދާއި، މި ކުންފުނީގައި އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.

- ސަރުކާރުގެ އެކި ދާއިރާތަކަށް ޚަރަދާއިބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަން ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.

- ބޭންކް އެކައުންޓްތަކުގެ ޚަރަދު ކުރުމަށް ތައްޔާރުކުރެވޭ ވައުޗަރތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން

- އެކި ފަރާތްތަކުގެ ފައިސާ ދެއްކުމަށް ހެދޭ ޓީ.ޓީ، އެލް.ސީ އާއި ބޭންކް ޑްރާފްޓް ފަދަ ތަކެތީގެ ކޮޕީ އާއި އެކު ޚަރަދުގެ ތަފްސީލް އެޕޭމަންޓް އަކަށް ރިކުއެސްޓް ކުރި ސެކްޝަނަށް ޙަވާލުކޮށް ޕޭމަންޓް ލިބުނުކަމުގެ ލިޔުން ސެކްޝަންތަކުން ހޯދާ ބެލެހެއްޓުން.

- ޕޭމަންޓް ވައުޗަރުތައް ދުވަހުން ދުވަހަށް ފައިލް ކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން:

ފައިނޭންސް ޑިޕާޓްމަންޓް (ފައިނޭންސް އެކައުންޓްސް/މާލެ ސައުތުވެސްޓް ހާބަރ) / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2018 މެއި 10ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

-މަޤާމަށް އެދިހުށަހަޅާ ފޯމް

-ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

-ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

-ޕޮލިސް ރިކޯޑް ފޯރމް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް:[email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ
03 މޭ 2018
ހޯދާ