މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަތީތައުލީމުދޭ މަރުކަޒުތައް އޮޑިޓްކުރުމާއި ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ މަސައްކަތްކުރުމަށް އެކުލަވާލާ ޕެނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން.

ދިވެހިރާއްޖޭގައި މަތީތަޢުލީމުދޭ މަރުކަޒުތަކުގެ އެކެޑަމިކް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓް ތައްޔާރުކުރުމަށާއި، ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ މަސައްކަތްކުރުމަށް އެކުލަވައިލާ ޕެނެލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތްކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު 11 މާރިޗު 2018 ވާ އާދީއްތަ ދުވަހުން ފެށިގެން 30 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށް ހުޅުވާލައި، ކޮށްފައިވާ މި އޮތޯރިޓީގެ ނަންބަރު (IUL)218/1/2018/1 (11 މާރިޗު 2018) އިޢުލާނުގެ މުއްދަތު، 15 މެއި 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ނިޔަލަށް އިތުރުކޮށް، އެކަން ޢާންމުކޮށް އިޢުލާނުކުރަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341244 / 3341245 / 3341286  ފޯނަށް ގުޅުން އެދެމެވެ. 

 


14 ޝަޢުބާން 1439

30 އޭޕްރީލް 2018

30 އޭޕްރިލް 2018
ހޯދާ