އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނިޝަން - އިންފޮމޭޝަން ސިސްޓަމްސް

މި ކުންފުނީގެ ނަންބަރ AS/IUL/2018/009 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

 

އިޢުލާން ނަންބަރު: AS/IUL/2018/010

މަޤާމް: އެސިސްޓެންޓް ޓެކްނިޝަން

ޑިޕާޓްމަންޓް/ސެންޝަން: އިންފޮމޭޝަން ސިސްޓަމްސް

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް 4 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ/ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހުރިހާ އިންޓަރނަލް/އެކްސްޓަރނަލް ސިސްޓަމްތައް ބަލަހައްޓާ ޔޫސަރސްއަށް ދުވަހުން ދުވަހަށް ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުން.
  2. ދުވަހުން ދުވަހަށް ސިސްޓަމްތައް މޮނިޓަރ ކުރުން، ހަރޑްވެއަރ އެޕްލައިންސްތައް ރަނގަޅުތޯ ބަލައި ޗެކްކުރުން، ޑޭޓާ ބެކްއަޕް ކުރުން.
  3. ސްޓޭންޑަރޑް ކޮންފިގަރޭޝަންތައް ބަލަހައްޓާ، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އައިޓީ ހުރިހާ ކަންތައްތައް ބެލެހެއްޓުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. މައިކްރޯސޮފްޓް ނުވަތަ ސިސްކޯ ޕްރޮފެޝަނަލް ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތަކަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަދުވެގެން އެއް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
  3. މައިކްރޮސޮފްޓް ސަރވަރ/ކްލައިންޓް ސިސްޓަމްސް އަދި ލިނަކްސް ސިސްޓަމްސް ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން
  4. ނެޓްވޯކް (ޑޭޓާ/ޓެލެފޯނު)، ހާރޑްވެއެރ، ސޮފްޓްވެއަރގެ މައްސަލަތައް ޙައްލުކުރަން އެނގުން
  5. ވީ.އެމް ވެއަރ ވަރޗުއަލައިޒޭޝަން ޕްލެޓްފޯރމްސް، ސިސްކޯ، އަދި ސެންޓްރަލީ މެނޭޖް ކޮށްފައިވާ ވައި-ފައި ނެޓްވޯކްސް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން
  6. އިނގިރޭސިއާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުމާއި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން

 

މުސާރައާއި އިނާޔަތް :

- އަސާސީ މުސާރަ: -/5000 ރުފިޔާ

- ލިވިންގ އެލަވަންސް: -/3000 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: -/1750 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި: 2018 މޭ 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/wp-content/uploads/2017/10/Job-Application-Form-Aasandha-English.pdf

https://aasandha.mv/wp-content/uploads/2017/10/Job-Application-Form-Aasandha-Dhivehi.pdf

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

29 އޭޕްރިލް 2018
ހޯދާ