ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް

     ނަންބަރ: IUL)242/242/2018/19) 

އިޢުލާން

މިއިދާރާގެ ނަންބަރ  (IUL)242/242/2018/15އިޢުލާންގެ މުއްދަތު ހަމަވިއިރު އެންމެ އެދެވޭ ވަރަށް އެޕްލިކޭޝަން ފޯމް ލިބިފައި ނުވުމާއި ގިނަ ފަރާތްތަކުން މުއްދަތު އިތުރުކޮށް ދެއްވުމަށް އެދިލައްވާފައިވާތީ، މިކޯހަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އިތުރަށް ފުރުޞަތު ހުޅުވާލަމެވެ.

 

ކޯހާ ބެހޭ މަޢުލޫމާތު:

ކޯހުގެ ނަން

ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް

މުއްދަތު

18 މަހާއި 2 އަހަރާއި ދެމެދު

ކިޔެވުން ފެށޭ ތާރީޚް

މެއި 2018

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފްތާ ތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު (ބްލޮކް މޯޑް)

ބައިވެރިވުމުގެ ޝަރުޠު

  1. މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

ނުވަތަ

  1. އެމް.އެން.ކިއު.އެފް (އެމް.ކިއު.އޭ) ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. ސާނަވީ ތަޢުލީމް ފުރިހަމަ ކޮށްފައި ވުމާއެކު އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ކޯހެއްގެ ފައުންޑޭޝަން ސްޓަޑީސް ފުރިހަމަކޮށްފައިވުން.

ނުވަތަ

  1. އުމުރުން 20 އަހަރު ވެފައި ވުމާއެކު ސާނަވީ ތަޢުލީމް އިމްތިޙާނަކުން 1 މާއްދާއިން ފާސްވެފައިވުން އަދި 1 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ހޯދާފައިވުން.

 

ކޯސް ބާއްވާ ތަން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ގދ. ތިނަދޫ

އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ

ހުވަދުއަތޮޅު ދެކުނުބުރީ ރަށްރަށުގެ ރަށު ކައުންސިލްގެ އިދާރާތަކުން، ސިވލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން

ހުށަހަޅަންވީ ތާރީޚް

08 މެއި 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް

ހުށަހަޅަން ޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • އައިޑެއިންޓިޓީ ކާޑުގެ ކޮޕީ
  • އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ޖަހާފައިވާ ސަނަދުތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން
  • ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާ އަދާ ކުރާ އިދާރާއިން ދޭ ލިޔުން

ކޯހުގެ ފީ

އެޑްމިނިސްޓްރޭޓިވް ފީ އެއްގެ ގޮތުގައި ކޮންމެ މަހަކު -/650ރ

ކޯހުގެ ބައިވެރިން ހޮވުން

ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން

އިތުރު މައުލޫމާތު

ކަމާބެހޭ  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6841032 ނަންބަރު ފޯނަށް

 

ވީމާ، މިކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.  

10 ރަޖަބް  1439

26 އޭޕްރީލް 2018

 

 

                    މުޙައްމަދު ނާސިޙް ރަޝީދު

           ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް

26 އޭޕްރިލް 2018
ހޯދާ