ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

(IUL)242/242/2018/18 :ނަންބަރު

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު  ބޭނުންވެއްޖެ

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:

J-222542

މަޤާމުގެ ނަންބަރު:

1 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް. 3

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން:

ކޯޕަރޭޓް އެފެއާރޒް

ސެކްޝަން:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މަޤާމް އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ގދ.ތިނަދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު -/7035ރ (ހަތްހާސް ތިރީސް ފަސްރުފިޔާ)

މުސާރަ:

-/2000ރ (ދެހާސް ރުފިޔާ)

-/900ރ (ނުވަސަތޭކަ ރުފިޔާ)

ސަރވިސް އެލެވަންސް:

ޓެކްނިކަލް ކޯ އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އިތުރު ޢިނާޔަތްތައް:

  1. އެޑްމިނިސްޓްރޭޝަން، އެޗް.އާރ އެންޑް އިންފޮރމޭޝަން ސެކްޝަންގެ މުވައްޒަފުން އެޕްރައިޒްކޮށް ސިވިލް ސަރވިސްގެ ޤަވާދާއި އެގޮތްވާގޮތުގެ މަތީން އެޕްރައިޒަލް ފޯރމް ފުރުމުގެ މަސައްކަތް ، އިދާރީ އިސްވެރިޔާގެ ލަފާގެމަތިން ހިންގާބެލެހެއްޓުން.
  2. އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމުކުރާ އެކިއެކި ވޯރކްޝޮޕް، ސެމިނަރ، އިންފޮރމޭޝަން ޝެޝަންސްތަކާއި އަދި ޖަލްސާތައް ކުރިއަށް ގެންދިއުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމާއި، އަދި އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. ރަސްމީ ގަޑީގައި މުވައްޒަފުން ބޭރަށްދާ ރެކޯޑް ބެލެހެއްޓުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ރިޕޯރޓްތައް ތައްޔާރުކޮށް އެޗް.އާރު އަށް ފޮނުވުމާއި އޮފީސް ހުޅުވާ ބަންދުކުރާ ފޮތް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. މިއިދާރާގެ ވެހިކަލް ނުވަތަ އުޅަނދު ފަހަރުން ( ޙާއްސަކޮށް ކަފެނާ ލޯންޗާއި ހުވަދޫ ދޯނި) ކުރެވޭ ދަތުރުތަކުގެ ތަފްސީލް ރިޕޯރޓެއް ( ވެހިކަލް ނުވަތަ އުޅަނދު ބޭނުންކުރެވުނު ގޮތް، ކުރެވުނު ޚަރަދު، ލިބުނު ޢާމްދަނީ އަދި، އެއްވެސް މަރާމާތެއް ކުރެވިފައިވާނަމަ އެކަމުގެ ތަފްސީލް) ތައްޔާރުކޮށް، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ޒިންމާދާރު ވެރިޔާއަށް ރިޕޯރޓް ފޮނުވުން.
  5. އިތުރުގަޑީގެ މަސައްކަތް ހިނގާގޮތް ސުޕަރވައިޒްކޮށް ބެލެހެއްޓުމާއި އައި.ޓީ އާއި ގުޅުންހުރި މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، ކައުންސިލް އިދާރާއިން ނަގަންޖެހޭ ބަޔާންތައް ނެގުމާއި ޙާޟިރީއާއި ޗުއްޓީ ރެކޯރޑްތައް ސުޕަރވައިޒްކޮށް ބެލެހެއްޓުން.
  6. މި އިދާރާގެ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ނުރަސްމީގަޑީގައި އޮފީސް ހުޅުވާ ބަންދުކުރާ ފޮތް، ތަކެތި ހަވާލުކުރުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ސުޕަރވައިޒްކޮށް ބެލެހެއްޓުން.
  7.  އޮފީސް މަސައްކަތާއި ބެހޭ އިޢުލާންތައް ކުރުމާއި އެއާއި ގުޅިގެން ހަދަންޖެހޭ އެއްބަސްވުން ހެދުމާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.
  8.  ސެކްޝަންގެ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، އެން ސްޕާރގެ މަސައްކަތްތައް ކުރުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  9.  އަތޮޅު ކައުންސިލްގެ އިދާރާއާއި އަތޮޅުގޭގެ ސެކިއުރިޓީގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި،  މެއިންޓަނެންސްގެ ކަންތައް ހިންގައި ބެލެހެއްޓުމާއި، އަދި މިއިދާރާގެ ޓެންޑަރ ބޯރޑްގެ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން.
  10.  އަތޮޅުކައުންސިލް އިދާރާގެ ސްޓޮކަށް ބޭނުންވާ ތަކެތި ނަގަމުންދާގޮތް ސުޕަރވައިޒްކޮށް ބެލެހެއްޓުން.
  11. ބަޖެޓަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި އަތޮޅުކައުންސިލް އިދާރާގެ ބަޖެޓް ކޮންމެއަހަރަކު ތައްޔާރުކުރުމުގައި ބަޖެޓަށް އެހީވެދިނުން. 
  12.  ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ އިރުޝާދާއި އެއްގޮތަށް، ކައުންސިލުންކުރާ ރަސްމީދަތުރުތަކުގައި ބައިވެރިވުމާއި، ވަޒީފާގެ ބަޔާނުގައި ވާ ވަޒީފާގެ   މަސްއޫލިއްޔާތައި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި ގުޅުންހުރި ދަތުރު، ސެމިނަރ، ވޯރކްޝޮޕް އަދި ތަމްރީން ދަތުރުތަކުގައި ބައިވެރިވުމާއި، އަދި އެފަދަ ސެމިނަރ، ވޯރކްޝޮޕް ނުވަތަ ތަމްރީން ޕްރޮގުރާމުންތަކުން ލިބޭ މަޢުލޫމާތު މި ކައުންސިލުގެ ( އަދި އެފަދައިން ޢަމަލުކުރަން ޖެހިއްޖެނަމަ ރަށްރަށުގެ ކައުންސިލްތަކުގެ) މުވައްޒަފުންނާއި މިކައުންސިލުން ހަމަޖައްސާ ޢުސޫލެއްގެ ދަށުން  ޙިއްސާކުރުން.
  13.  ކައުންސިލް އިދާރާގެ ޚަރަދު ( ކަރަންޓް، ފެން، އިދާރީ އަދި  އެހެނިހެން ) ކުޑަކުރުމަށް މަސައްކަތްކުރުމާއި، އަދި މުވައްޒަފުން މިފަދަކަންތައްތަކަށް ހޭލުންތެރިކުރުވުމާއި، އޮފީހުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ނުކުރުމަށް ބާރުއެޅުން.
  14.  ކޮންމެ އަހަރަކު ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ މަސައްކަތް އިދާރީ އިސްވެރިޔާ އަންގާ ގޮތެއްގެ މަތީން އިންތިޒާމްކޮށް ބެލެހެއްޓުން.
  15.  އިދާރާ އިސްވެރިޔާގެ މަޝްވަރާގެ މަތީން  ސެކްޝަންގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދަނެގަތުމާއި މުވައްޒަފުން ތަމްރީން ކުރުމާއި،  އިދާރާގެ މުވައްޒަފުންގެ ތަމްރީން ޕްރޮގުރާމްތަކަށް ބޭނުންވާ އެންމެހައި ކަންތައްތައް އިންތިޒާމް ކުރުމާއި، ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުން.

 ތާވަލުކުރެވޭ ވަކި އުސޫލެއްގެ ދަށުން ކޮންމެ މަހަކު ދެފަހަރު މުވައްޒަފުންނާއި އެއްކޮށް ޑިޕާރޓްމަންޓް / ސެކްޝަންގެ ބައްދަލުވުމެއް ބާއްވައި، ސެކްޝަންގެ ހުރި މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ކަންތައްތަކުގެ ހައްލު ހޯދުމަށް މުވައްޒަފުންގެ ޚިޔާލު ހޯދުމާއި، އަދި މި ބައްދަލުވުންތަކުގެ ޔައުމިއްޔާ މަހަކު އެއްފަހަރު ޒިންމާދާރުވެރިޔާއާއި ހިއްސާކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖައްސައި ބެލެހެއްޓުން.

އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      އޮފީސް އެޑްމިނިސްޓްރޭޝަން/އޮފީސް މެނޭޖްމަންޓް/އެކައުންޓިންގ/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

   ނުވަތަ

2-      އޮފީސް އެޑްމިނިސްޓްރޭޝަން/އޮފީސް މެނޭޖްމަންޓް/އެކައުންޓިންގ/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-      އޮފީސް އެޑްމިނިސްޓްރޭޝަން /އޮފީސް މެނޭޖްމަންޓް /އެކައުންޓިންގ /އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާ ތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 01 އޭޕްރިލް 2013 ގައިވާ ގޮތުގެމަތިން ތިރީގައިއެވާ ކަންތައްތަކަށެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ޕޮއިންޓް ދިނުން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖްރިބާއަށް ޕޮއިންޓް ދިނުން.
  3. ލިބިފައިވާ މަސައްކަތުގެ ހުނަރަށް (ޤާބިލް ކަމަށް ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން) ޕޮއިންޓް ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް. (އެޕްލިކޭޝަން ފޯމް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ(މިފަދަ ސެޓްފިކެޓްތައް އެޑްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މެއި 13 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 މެއި 17 އާއި 2018 މެއި  24 އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

%50 (ފަންސާސް އިންސައްތަ)

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6841032 ނަންބަރު ފޯނާއިއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

 

9     ރަޖަބު   1439

25 އެޕްރީލް     2018

 

 

 މުޙައްމަދު ނާސިހް ރަޝީދު

ކައުންސިލް ރައީސް

26 އޭޕްރިލް 2018
ހޯދާ