މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދެންނެވުން

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އާރު.ޑީ.ސީ) އުވާލައްވައި، އެ ކުންފުނިން ކުރަމުންދިޔަ ޕަބްލިކް ވަރކްސްއާ ގުޅޭ މަސައްކަތްތައް މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޕަބްލިކް ވާރކްސް ސަރވިސަސްގެ މަސައްކަތުގެ ތެރެއަށް އިތުރުކުރައްވާފައިވާއިރު،  މި މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ މަގުހެދުމާއި، ޖެޓީ ހެދުމާއި، އަދި ޕާކްތައް ތަރައްޤީކުރުމާއި ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ މަސައްކަތްތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ 67 ސަރަޙައްދެއްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ މަސައްކަތްތަކަކީ އެމް.އާރ.ޑީ.ސީ އާއި ޙަވާލުކުރައްވައިގެން ސަރުކާރުން ކުރިއަށް ގެންދެވީ މަޝްރޫޢުއެކެވެ. ނަމަވެސް މި މަސައްކަތްތައް ނުނިމި ލަސްވަމުން ދިޔުމާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މިމަޝްރޫޢު ނިންމުމުގެ ބޭނުމުގައި މި 67 ފުޓްސަލްދަނޑުގެ ތެރެއިން ތިރީގައި މިދަންނަވާ 20 ފުޓްސަލްދަނޑުގެ މަސައްކަތް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސަސް އިން ކުރިއަށްގެންދަވާ ގޮތަށް މިހާރު ވަނީ ސަރުކާރުން ހަމަޖައްސަވާފައެވެ. މިގޮތުން، ޕަބްލިކް ވޯކްސް ސަރވިސަސްގެ ބެލުމުގެ ދަށުން ކުރިއަށް ނިންމަން ކަނޑައެޅިފައިވާ ފުޓްސަލް ދަނޑުތަކަކީ:

ހއ.އުލިގަން، ހއ.އުތީމް، ހއ.ވަށަފަރު، ހއ.ތުރާކުރު، ށ.ފޭދޫ، ށ.މާއުނގޫދޫ، ށ.މަރޮށި، ރ.މާކުރަތު، ބ.ގޮއިދޫ، ބ.ހިތާދޫ، ބ.ކަމަދޫ، އދ.ދަނގެތި، އދ.ދިގުރަށް، އދ.ފެންފުށި، އދ.އޮމަދޫ، ވ.ކެޔޮދޫ، ގއ.ނިލަންދޫ، ޏ.ފުވައްމުލަކު(ފުނާޑު)، ޏ.ފުވައްމުލަކު(ހޯދަނޑު)، ޏ.ފުވައްމުލަކު (މާލެގަން) ގެ ފުޓްސަލް ދަނޑުތަކެވެ.

އަދި ދަންނަވަމެވެ، 67 ފުޓްސަލްދަނޑުގެ ތެރެއިން ބާކީ ހުރި 47 ރަށުގެ ފުޓްސަލްދަނޑުތައް ނިންމުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯޑިވްސް އަށެވެ. މިގޮތުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ފުޓްސަލް ދަނޑު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

 ހދ.ކުރިނބީ، ށ.ބިލެއްފަހި، ށ.ފީވައް، ށ.ގޮއިދޫ، ށ.ޅައިމަގު، ށ.ނަރުދޫ، ނ.ޅޮހި، ރ.އިންނަމާދޫ، ރ.ކިނޮޅަސް، ބ.ދަރަވަންދޫ، ބ.ކެންދޫ، ބ.ކުޑަރިކިލު، ބ.މާޅޮސް، ޅ.އޮޅުވެލިފުށި، ކ.ގުޅި، އއ.ބޮޑުފުޅަދޫ، އއ.ފެރިދޫ، އއ.ހިމެންދޫ، އއ.މާޅޮސް، އއ.ރަސްދޫ، އއ.އުކުޅަސް، އއ.ހަންޏާމީދޫ، އދ.ކުނބުރުދޫ، މ.މަޑުއްވަރީ، މ.މުލި، މ.ނާލާފުށި، ފ.ދަރަނބޫދޫ، ފ.ފީއަލި، ފ.މަގޫދޫ، ދ.ބަނޑިދޫ، ދ.ހުޅުދެލި، ދ.މާއެނބޫދޫ، ދ.މީދޫ، ތ.ދިޔަމިގިލި، ތ.ހިރިލަންދޫ، ތ.ކަނޑޫދޫ، ތ.އޮމަދޫ، ތ.ވޭމަންޑޫ، ލ.ދަނބިދޫ، ލ.ގަން(މުކުރިމަގު)، ލ.ހިތަދޫ، ލ.އިސްދޫ، ލ.ކަލައިދޫ، ލ.ކުނަހަނދޫ، ލ.މާބައިދޫ، ލ.މާމެންދޫ، ގއ.ކަނޑުހުޅުދޫ، އެވެ.

ވީމާ، މިކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

25 އޭޕްރިލް 2018
ހޯދާ