މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢުމްރާގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

 

މިކޯޕަރޭޝަންގެ ފަރާތުން މިއަހަރު ރަމަޟާން މަހުގެ ފަހު ފަނަރައިގައި ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާނެ ފަރާތެއް، ތިރީގައި މި ދަންނަވާ މަޤާމަށް ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

އިމާމް (ފިރިހެން)

އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު

  • ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.
  • ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއެކު އެކަމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްހަތު ރަނގަޅު މީހެއް ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކަނޑައެޅޭ ތާވަލާ އެއްގޮތަށް ޢުމްރާވެރިންނަށް ދީނީ ދަރުސް ދިނުން.
  • ދީނީ އެކި ކަންކަން އޮޅުންފިލުވަން އަންނަ ފަރާތްތަކަށް މަޢުލޫމާތާއި އިރުޝާދު ދިނުން.
  • ޢުމްރާގެ އަޅުކަމާ ގުޅޭ އެންމެހާ ކަންކަމުގައި އިސްދައުރެއް އަދާކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މިފޯމު ކޯޕަރޭޝަނުން އަދި ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

  • 30 އެޕްރީލް 2018 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

24 އެޕްރީލް 2018

24 އޭޕްރިލް 2018
ހޯދާ