މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ސީސީޓީވީ ސަރވައިލެންސް ސިސްޓަމެއް އަމިއްލަ ތަކެތީގައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ސީސީޓީވީ ސަރވައިލެންސް ސިސްޓަމެއް އަމިއްލަ ތަކެތީގައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް 21 ފެބްރުއަރީ 2018 ގައި ކުރެވުނު ނަމްބަރ: (IUL)23-OAA/23/2018/53 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ސްޕެޝިފިކޭޝަން މިމިނިސްޓްރީ ގެ ސްޕެޝިފިކޭޝަނާއި ދިމާނުވާތީވެ އެ އިއުލާން ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 02 މެއި 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 މެއި 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

08 ޝައުބާން  1439

24 އޭޕްރިލް 2018
ހޯދާ