މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލެ ހުޅަނގު ދެކުނުގައި ތަރައްޤީކޮށްފައިވާ 960 އަކަފޫޓުގެ ފުޑްކޯޓު 05 އަހަރު ދުވަހުގެ މުއްދަތަށް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީއަށް މާލެ ހުޅަނގު ދެކުނުގައި ތަރައްޤީކޮށްފައިވާ 960 އަކަފޫޓުގެ ފުޑްކޯޓު 05 އަހަރު ދުވަހުގެ މުއްދަތަށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/63 (15 މާރިޗު 2018) އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް ބަދަލުތަކެއް އައިސްފައިވާތީ، އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އެޕްރީލު 29 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މެއި 06 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.    

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އެޕްރީލު 29 ވާ އާދީއްތަ ދުވަހުގެ 12:30 އިން ފެށިގެން 2018 މެއި 06 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

24 އޭޕްރިލް 2018
ހޯދާ