މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް ބްލޭޑް ސަރވަރއެއް ހޯދުމާއި ގުޅޭ

އިޢުލާން

 މިނިސްޓްރީ އޮފް ހެލްތަށް ބްލޭޑް ސަރވަރއެއް ހޯދުމަށް ބޭނުންވެގެން އޭޕްރިލް 11 2018 ގައި ކުރެވުނު ނަންބަރު: (IUL)23-AP/23/2018/86  އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވަނީ ދެފަރާތުން ކަމަށްވާތީވެ އެއިޢުލާން ބާތިލްކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 މެއި  2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

07 ޝައުބާން 1439

23 އޭޕްރިލް 2018
ހޯދާ