ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާން ސާފްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

 

ޤަބުރުސްތާން ސާފްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

                     ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ޤަބުރުސްތާން ސާފްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އެޕްރީލް 2018ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 11.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 26 އެޕްރީލް 2018ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 11.00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ދެއްވަދޫ ޤަބުރުސްތާން ސާފްކުރުމުގެ މަސައްކަތް ކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.  

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                         29 ރަޖަބް  1439

                         15 އެޕްރީލް 2018

15 އޭޕްރިލް 2018
ހޯދާ