ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އެޕްރޫވަލް އާ ބެހޭ

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދޫކުރާ އެމްޕްލޯއިމަންޓް އެޕްރޫވަލްތަކުގެ ތެރެއިން ވަޒީފާ ދޭ ފަރާތުން އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލްކުރުމަށް އެދި ހުށަހެޅުމުން، ކެންސަލްކުރެވޭ، ބައެއް އެމްޕްލޯއިމަންޓް އެޕްރޫވަލްތައް "އަން ކެންސަލް" ކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ގެންދަނީ މި ޑިޕާޓްމަންޓަށް ހުށަހަޅަމުންނެވެ.

ނަމަވެސް، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދޫކޮށްފައިވާ "އެމްޕްލޯއިމަންޓް އެޕްރޫވަލް" އެއް ކެންސަލްކުރުމަށްފަހު، އެ އެމްޕްލޯއިމަންޓް އެޕްރޫވަލް އެއް "އަން ކެންސަލް" ކުރުމަށް ވަޒީފާ ދޭ ފަރާތުން މި ޑިޕާރޓްމަންޓަށް ހުށަހެޅުއްވިނަމަވެސް، އެއްވެސް އެމްޕްލޯއިމަންޓް އެޕްރޫވަލް އެއް "އަން ކެންސަލް" ނުކުރެވޭނެވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މުޙައްރަމް 1435     

26 ނޮވެންބަރު 2013
ހޯދާ