ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އެޕްރޫވަލް އާ ބެހޭ

މި ޑިޕާޓްމަންޓުން ކުރިން ބޭނުންކުރި ލޭބަރޑޭޓާބޭސް މެދުވެރިކޮށް ވާރކްޕާމިޓް އަދި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކޮށްފައިވާ ބިދޭސީން ރާއްޖޭން ފުރުމުގެ ކުރިން އެ ބިދޭސީންގެ ވާރކްޕާރމިޓް/ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލްކުރުމަށް ބައެއްފަރާތްތަކުން ގެންދަނީ ހުށަހަޅަމުންނެވެ.

އެކްސްޕެޓް އޮންލައިން ސިސްޓަމް ފަރުމާކުރެވިފައިވަނީ އޮންލައިންކޮށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލްކުރުމުން އެ އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ދޫކޮށްފައިވާ ވާރކްވިސާ އޮޓަމެޓިކުން ކެންސަލްވާ ގޮތަށެވެ. އެހެންކަމުން، މިގޮތަށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ފެށުމަށްފަހު، އެއްވެސް ސަބަބަކާހުރެ ކަނޑައެޅިފައިވާ ތާރީޚުގައި އެ ބިދޭސީމީހާ ރާއްޖޭން ނުފުރައިފިނަމަ، މިފަދަ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގައި ބައެއް މައްސަލަތައް ދިމާވާކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، މި ޑިޕާޓްމަންޓުން ކުރިން ބޭނުންކުރި ލޭބަރޑޭޓާބޭސް މެދުވެރިކޮށް ދޫކޮށްފައިވާ ވާރކްޕާމިޓް އަދި އެކްސްޕެޓް އޮންލައިންސިސްޓަމް މެދުވެރިކޮށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލްކުރުމަށް އެޕްލިކޭޝަންފޯމް ހުށަހަޅުއްވަންވާނީ ބިދޭސީމީހާ ރާއްޖޭން ފުރައިގެން ދިއުމުން ކަމުގައި ދެންނެވީމެވެ.

22 މުޙައްރަމް 1435     

26 ނޮވެންބަރު 2013
ހޯދާ