ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީން ގެނައުމަށް ކޯޓާއަށް އެދި ހުށަހެޅުއްވުމާބެހޭ

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް "ކޮންސްޓްރަކްޝަން ކޮމްޕެނީ އޮޕަރޭޓަރސް" ގެ މަސައްކަތަށް ބިދޭސީން ގެނައުމަށް ކޯޓާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން އެ އެޕްލިކޭޝަންތަކާއެކު ކުންފުނީގެ "ޓާރންއޯވަރ" ބަޔާންކޮށް ހުށަހަޅުއްވާ މަޢުލޫމާތުގެ ޞައްޙަކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޮންސްޓްރަކްޝަން މަސައްކަތަށް ބިދޭސީން ގެނައުމަށް ކޯޓާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން އެ އެޕްލިކޭޝަންތަކާއެކު ކުންފުނީގެ "ޓާރންއޯވަރ" ބަޔާންކޮށް ހުށަހަޅަންޖެހޭ ސިޓީގެ ބަދަލުގައި "ޓާރންއޯވަރ ޑިކްލަރޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު، އެކްސްޕެޓް އޮންލައިން ސިސްޓަމަަށް އަޕްލޯޑްކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

އަދި ދަންނަވަމެވެ. "ޓާރންއޯވަރ ޑިކްލަރޭޝަން ފޯމު" މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.immigration.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

24 މުޙައްރަމް 1435     

28 ނޮވެންބަރު 2013
ހޯދާ