އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ އަތޮޅު އިހަވަންދޫ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރަންޖެހޭ ޢަދަދު އިތުރުކުރުން

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު:(A)CA-2013/617 (17 ނޮވެންބަރު 2013) ގެ އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ހއ އަތޮޅު އިހަވަންދޫކައުންސިލަށް މެމްބަރުން އިންތިޚާބު ކުރަންޖެހޭ ޢަދަދު އިތުރުކުރުން

2013 ޑިސެންބަރު 31 ގެ ނިޔަލަށް ހއ އަތޮޅު އިހަވަންދޫގެ ރެޖިސްޓާރޑް އާބާދީއަކީ 3001 (ތިންހާސް އެކެއް) މީހުން ކަމުގައި އެރަށު ކައުންސިލްގެ އިދާރާއިން އަންގާފައިވާތީ، 2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހއ. އިހަވަންދޫ ކައުންސިލަށް އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މެމްބަރުންގެ ޢަދަދަކީ 7 (ހަތެއް) ކަމުގައި ހަޖައްސައިފީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

          1  ޞަފަރު  1435

04 ޑިސެންބަރު 2013
ހޯދާ